މަހްލޫފާއި ރާއްޖެޓީވީގެ ދެ ނޫސްވެރިންގެ ބަންދަށް ފަސް ދުވަސް

ރޭގެ މުޒާހަރާތެރެއިން ހައްޔަރުކުރި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އާއި ރާއްޖެޓީވީގެ ދެ ނޫސްވެރިންގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފި އެވެ. މަހުލޫފާއި ރާއްޖެޓީވީގެ ދެ ...

26 Mar 2015 | 08:07

ރޭގެ މުޒާހަރާތެރެއިން ހައްޔަރުކުރި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އާއި ރާއްޖެޓީވީގެ ދެ ނޫސްވެރިންގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފި އެވެ.

މަހުލޫފާއި ރާއްޖެޓީވީގެ ދެ ނޫސްވެރިންގެ ބަންދަށް މުއްދަތު ޖަހާފައިވަނީ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.

ރޭގެ މުޒާހަރާއިން ހައްޔަރުކުރި ދެ ނޫސްވެރިންގެ އިތުރުން އޭގެ ކުރީގެ ރޭގެ މުޒާހަރާއިންވެސް ނޫސްވެރިއަކު ހައްޔަރުކޮށްފައި ވެ އެވެ. އެ ނޫސްވެރިޔާގެ ބަންދަށް އިއްޔެ ވަނީ ފަސް ދުވަސް ޖަހާފަ އެވެ. ފުލުހުން ބުނީ މަހްލޫފާއި ނޫސްވެރިން ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުންނާއި އަމުރަށް ނުކިޔަމަންތެރި ވުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް