ތޮލްހަތާއި ޒިޔާދަށް ހުކުމް ކުރުން މާދަމާރޭ

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލައިގާ ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް އާއި ކުރީގެ ކާނަލް މުހ...

26 Mar 2015 | 07:46

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލައިގާ ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް އާއި ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ހުކުމް ކުރުން މާދަމާ ރެއަށް ތާވަލްކޮށްފި އެވ.

އެ ދެބޭފުޅުންގެ ޝަރީއަތުގެ އަޑުއެހުން މިއަދު ވަކި ވަކިން ބާއްވާފައިވާއިރު ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސްވަނީ ނަގާ ނިންމާފަ އެވެ. މާދަމާރޭ ހުކުމް ކުރާނެކަން އިއުލާނުކުރީ ފަނޑިޔާރުންގެ މަޖިލީހުންނެވެ.

މި މައްސަލައިގާ ދައުވާ ލިބޭ މިހާރުގެ ޑިފެންސް މިނިސްޓަރުގެ ހުކުމް ކުރުންވެސް ތާވަލްކޮށްފައިވަނީ މާދަމާ ރެއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް