ޑރ.ޑީޑީގެ ބަންދަށް 15 ދުވަސް

ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) ގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފި އެވެ. ޑރ.ޑީޑީގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވަނީ ބަންދާމެދ...

26 Mar 2015 | 07:16

ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) ގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.

ޑރ.ޑީޑީގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވަނީ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް މިއަދު ހާޒިރު ކުރުމުންނެވެ.

ފުލުހުން ބުނެފައިވަނީ ޑރ. ޑީޑީ ހައްޔަރުކުރީ ފުލުހުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ޑޜ.ޑީޑީ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވާއިރު މިދިޔަ މަހުގެ 27 ވަނަ ދުވަހު އެމްޑީޕީން ބޭއްވި ބޮޑު އެއްވުމުގެ ތެރެއިންވެސް ޑރ.ޑީޑީ ހައްޔަރުކުރި ކުރިއެވެ. އެފަހަރު ޑރ.ޑީޑީ ދޫކޮށްލީ 30 ދުވަސް ވަންދެން މުޒާހަރާއަށް ނުދިއުމަށް ސަރުތު ކުރުމަށްފަހުގަ އެވެ. ނަމަވެސް އޭގެ ފަހުންވެސް އެމްޑީޕީގެ ގިނަ މުޒާހަރާތަކެއްގައި ޑރ.ޑީޑީ ބައިވެރިވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް