ޖަނަވަރީ މަހު މާލެ ސަރަހައްދުގައި 108 ވަރި

މި އަހަރުގެ ފުރަތަމަ މަހު ފެމިލީ ކޯޓުގައި 227 ކައިވެނި އަދި 108 ވަރި ކޮށްދީފައިވާކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ. އެ ކޯޓުން މިހެން ބުނެފައިވަނީ މިއަދު ހާމަކުރި، ޖަނަވަރީ މަހުގެ ތަފާސް ހިސާބުގައެވެ. 22...

26 Feb 2025 | 10:16

މި އަހަރުގެ ފުރަތަމަ މަހު ފެމިލީ ކޯޓުގައި 227 ކައިވެނި އަދި 108 ވަރި ކޮށްދީފައިވާކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

އެ ކޯޓުން މިހެން ބުނެފައިވަނީ މިއަދު ހާމަކުރި، ޖަނަވަރީ މަހުގެ ތަފާސް ހިސާބުގައެވެ.

227 ކައިވެނި އަދި 108 ވަރިކޮށްދީފައިވާކަމަށް ބުނެފައިވާއިރު ވަރި ސާބިތު ކުރުމަށް 46 މައްސަލައެއް، ވަރި ކުރުމަށް 26 މައްސަލައެއް އަދި ވަރި ވުމަށް 52 މައްސަލައެއް ހުށަހެޅިފައިވާކަމަށް ބުނެފައިވެއެވެ.

ޖަނަވަރީ މަހުގެ އެ ކޯޓުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު ގެވެށި އަނިޔާއާ ގުޅޭ 10 މައްސަލައެއް، ޚަރަދުގެ 11 މައްސަލައެއް، ކުދިންނާއި ގުޅުންހުރި 12 މައްސަލައެއް އަދި ވަރީގެ 124 މައްސަލައެއް ހުށަހެޅުނު ކަން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް