މަސްތުގެ ހާލަތުގައި ހުރި ކަމުގެ ތުޙުމަތުގައި އަންހެނަކު ހައްޔަރުކޮށް ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.
ދުވަހަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ހޯމަ ދުވަހު ހެނދުނު 08:40 ހާއިރު މަސްތުވާއެއްޗެއް ބޭނުންކޮށްގެން ހުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ގދ. ރަތަފަންދޫ، ނޫމާގެ، އުމުރުން 31 އަހަރުގެ ޞަފާ އަޙްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
ބަންދު އަމުރުގައި ބުނެފައިވާގޮތުގައި ޟަފާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތުތަކާއި އެއްގޮތަށް ކަމަށް ވަނީ ކަނޑައަޅާފައެވެ. ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށް އައިއޯ ފާހަގަކޮށްފައިވާކަން ކޯޓުއަމުރުގެ އިތުރު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެ އިތުރު ބަޔާނުގައި އިތުރަށް ބުނެފައިވަނީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށާއި ފަރުވާވެސް ބޭނުންވާ ކަމަށާއި އެހެންނަމަވެސް ރޯދަމަހަށްފަހު ފަރުވާގެ ފުރުޞަތު ދިނުމަށް އެދޭކަމަށް ބުނެފައިވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް