ނަހުލާގެ "ސޮރީ" މާ އަސަރު ގަދަވާނެކަން ޔަޤީން: ރައީސް މަޢުމޫން

ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ "ސޮރީ" މާ އަސަރު ގަދަވާނެކަން ޔަޤީންކަމުގައި ކުރީގެ ރައީސް، ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މަޢުމޫން މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި...

26 Feb 2025 | 08:00

ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ "ސޮރީ" މާ އަސަރު ގަދަވާނެކަން ޔަޤީންކަމުގައި ކުރީގެ ރައީސް، ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މަޢުމޫން މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ރައީސް މަޢުމޫން ވިދާޅުވެފައިވަނީ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ނަހުލާގެ ފިލްމު ތަކަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ވަރަށް އަސަރުގަދަ ފިލްމުތަކެއް ކަމަށެވެ.

"އެ ހުރިހާ ފިލްމުތަކަށްވުރެވެސް "ސޮރީ" މާ އަސަރުގަދަވާނެކަން ޔަޤީން" ނަހުލާ ޓެގު ކުރައްވައި ރައީސް މަޢުމޫން ވިދާޅުވެފައިވެއެވެ.

ނަހުލާގެ ފިލްމު "ސޮރީ"އާއި މެދު މަޢުމޫން މިހެން ވިދާޅުވެފައިވާއިރު އެ ފިލްމުގެ ޓައިޓަލް ފޮންޓް، އިއްޔެ ވަނީ މަޢުމޫން ފޮންޓަށް ބަދަލުކޮށް އާ ޓައިޓަލް ދައްކާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް