ރޭސިން މުބާރާތަށް އައްޑުއަށް ދިޔަ ޒުވާނަކު އެކްސިޑެންޓެއްގައި މަރު

ރޭސިން މުބާރާތުގައި ބައިވެރިވުމަށް އައްޑޫ ސިޓީއަށް ދިޔަ ޒުވާނަކު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ. މަރުވެފައިވަނީ ގ. ނައިޓް ޑްރީމް، އުމުރުން 24 އަހަރުގެ ލީވާން އަބްދުއްސައްތާރު އެވެ. މީޑިއާތަކަށް މަޢ...

26 Feb 2025 | 07:41

ރޭސިން މުބާރާތުގައި ބައިވެރިވުމަށް އައްޑޫ ސިޓީއަށް ދިޔަ ޒުވާނަކު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

މަރުވެފައިވަނީ ގ. ނައިޓް ޑްރީމް، އުމުރުން 24 އަހަރުގެ ލީވާން އަބްދުއްސައްތާރު އެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީ ބްރިޖްގައި މިއަދު ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

"މިހާތަނަށް އެނގިފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފަވަނީ ސައިކަލު ބާރު ސްޕީޑްގައި، މަރަދޫއިން ހިތަދޫ ކޮޅަށް ދުއްވާފައި ގޮސް ބްރިޖް ބެންޑް ހިސާބުން ސައިކަލު ކޮންޓްރޯލު ނުވެ ގޮސް ބްރިޖްގެ ފެންސްގައި ޖެހި" ފުލުހުން ބުނެފައިވެއެވެ.

އައްޑޫ ސިޓީގައި ހިންގަމުން އަންނަ އައްޑޫ ލައިވްގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ޒުވާނާއަކީ ރޭސިން މުބާރާތަށް އެ ސިޓީއަށް ގޮސް އުޅުނު ޒުވާނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް