ކަރަންޓު މީޓަރުތަކުގެ ރީޑިންގ ނެގުމަށްޓަކައި 350 މުވައްޒަފުން މާދަމާ މަސައްކަތަށް ނުކުންނާނެ: ސްޓެލްކޯ

ސްޓެލްކޯއިން މިއަދު ހާމަކުރި ގޮތުގައި، މާލެ ސަރަހައްދުގެ ކަރަންޓު ބިލު ރީޑިން އެއް ދުވަހުގެ ތެރޭގައި ނެގުމަށްޓަކައި، އެ ކުންފުނީގެ 350 މުވައްޒަފުން މާދަމާ މަސައްކަތަށް ނުކުންނާނެއެވެ. މިއަދު ބޭއްވުނު ...

26 Feb 2025 | 06:47

ސްޓެލްކޯއިން މިއަދު ހާމަކުރި ގޮތުގައި، މާލެ ސަރަހައްދުގެ ކަރަންޓު ބިލު ރީޑިން އެއް ދުވަހުގެ ތެރޭގައި ނެގުމަށްޓަކައި، އެ ކުންފުނީގެ 350 މުވައްޒަފުން މާދަމާ މަސައްކަތަށް ނުކުންނާނެއެވެ.

މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު މުހައްމަދު ސަލީމް ހާމަކުރެއްވި ގޮތުގައި، މާދަމާ ރީޑިން ނެގުމަށްފަހު، ދެން އަލުން ރީޑިން ނަގާނީ ރަމަޟާން މަސް ނިމި، އަންނަ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ސްޓެލްކޯގެ ހިދުމަތް ލިބޭ ހުރިހާ ރަށެއްގެ ގޭބިސީތަކުގެ ރީޑިން އެއް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ނިންމުން ނިންމަން ޖެހުނު ސަބަބު ބަޔާންކުރައްވަމުން ސަލީމް ވިދާޅުވީ، މިދިޔަ އަހަރު ބިލު ކޮށްފައި ހުރި ގޮތުން ދެ ބިލަކުންވެސް ޑިސްކައުންޓް ދޭން ޖެހުނު ކަމަށެވެ. މީގެ ކުރިން ބިލު ތައްޔާރުކުރުމުގައި 12 ދުވަހުގެ ތަފާތު އުޅޭތީ، ބައެއް ގޭބިސީތަކަށް ދެ މަހުގެ ބިލުންވެސް ޑިސްކައުންޓް ދޭން ޖެހުނެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި، މިފަހަރު ވަކި ހާއްސަ ބިލެއްގެ ގޮތުގައި މުޅި މަހަށް ބިލު ތައްޔާރުކުރުމަށް ވަނީ ނިންމާފައެވެ. އަދި ޑިސްކައުންޓް ދިނުމުގައި، ވޭތުވެދިޔަ އަހަރު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ބަލައި، އިތުރުވާ އަދަދަށް ޑިސްކައުންޓް ދެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

މި މަސައްކަތް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ރައްޔިތުންގެ އެހީތެރިކަމަށް ސްޓެލްކޯއިން އެދިފައިވެއެވެ. ވަކިން ޚާއްސަކޮށް، ގޭގައި ގިނަ ވަގުތު ނުހުންނަ ފަރާތްތަކުން، ގޭގައި ހުންނާނެ ވަގުތު ސްޓެލްކޯއަށް އަންގައިފިނަމަ، އެ ވަގުތަކާ ދިމާކޮށް މުވައްޒަފުން ރީޑިންގ ނެގުމަށް ޒިޔާރަތްކުރާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް