ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. މިއަދު ޖޭއެސްސީން ނިންމާފައިވަނީ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރުއާއި، ފަނޑިޔާރު މަޙާޒު...

26 Feb 2025 | 06:16

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

މިއަދު ޖޭއެސްސީން ނިންމާފައިވަނީ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރުއާއި، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުއާއި ފަނޑިޔާރު ޙުސްނުއް ސުޢޫދުއެވެ.

ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމާފައިމިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ކޯޓުތަކުގެ ޤާނޫޏަށް އިޞްލާޙު ގެނައިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. އަދި މަޖިލިސް މެންބަރުންގެ ގޮނޑިއާއި ގުޅޭ މައްސަލައިގާ އަވަސް އަމުރެއް ނެރެދޭން ހުށަހަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުގައި 11 ޖަހާއިރު ކުރިއަށްގެންދަން ތާވަލުވެސް ކޮށްފައިވާ ވަގުތެއްގައެވެ.

ސުޕްރީމް ކޯޓުގެ މެންބަރުންގެ އަދަދު 7 އިން 5 އަށް މަދުކުރަން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުޙައްމަދު، ކޯޓުތަކުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙް މިއަދު މަޖިލީހުގެ ތަޅުމުގައި ރޯލްކޯލް ވޯޓަކުން ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް