ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދަކީ 5 ކަމުގައި މަޖިލީހުން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދަކީ 5 ކަމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު، ކޯޓުތަކުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙު ފާކޮށްފައިވަނީ މަޖ...

26 Feb 2025 | 05:13

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދަކީ 5 ކަމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު، ކޯޓުތަކުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙު ފާކޮށްފައިވަނީ މަޖިލީހުގައި ވަކި ވަކި މެންބަރުންނާ ސުވާލުކޮށް (ރޯލް ކޯލް) ވޯޓަށް އަހައިގެންނެވެ. ރޯލް ކޯލް ވޯޓަކަށް އެހީ މަޖިލީހުގެ އިލެކްޓްރޯނިކް ވޯޓިންގ ނިޒާމަށް މައްސަލައެއް ދިމާވެފައިވުމުން ކަމަށް މަޖިލީހުގެ ރިޔާސަތުން އިޢުލާނުކުރެއްވިއެވެ.

ފެންނަ ކަމަށް 68 މެންބަރަކު ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ވޯޓު ދެއްވީ 09 މެންބަރުންނެވެ.

ވޯޓަށް އަހަމުން ދިޔަ ވަގުތު ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަޖިލިސް ތަޅުން ދޫކުރައްވައި ނިކުމެވަޑައިގެންނެވި މަންޒަރު ފެނިގެންދިޔައެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައިވެސް އަޒާން ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އެއާއެކު ޕީއެންސީގެ ޕީޖީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕުންވެސް އަޒާން ބޭރުކޮށްފައިވެއެވެ.

މަޖިލީހުގައި ފުރަތަމަ ކިޔުން އިއްޔެ އިއްވި މި މައްސަލަ ޖުޑީޝަރީ ކޮމިޓީން ރޭގައި ފާސްކޮށް މިއަދު ތަޅުމަށް ހުށަހަޅާ ބިލަށް ބަހުސް ކުރެވި މިއަދު މިވަނީ މި ބިލު ފާސްވެގެންގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް