ހުޅުމާލޭގައި ވެހިކަލްތަކެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ފޭޒް އެކެއްގައި ނިރޮޅު މަގު ދެވަނަ ރުއްގަނޑާ ހިސާބުން ދުއްވާފައި ދިޔަ ކާރެއްގައި ފަހަތުން އައި ވޭނަކުން ޖެހުނު ވަގުތު އެ ކާރު ގޮސް ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށެވެ. މި ހާދިސާ ހިނގި ކަމުގެ ރިޕޯޓު ލިބުނީ ފަތިހު 06:20 ގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
"މި އެކްސިޑެންޓްގައި ކާރު އަދި ވޭން ދުއްވި މީހާ އަށް ކުދިކުދި އަނިޔާ ލިބިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އެއީ 46 އަހަރުގެ މީހަކާއި 52 އަހަރުގެ މީހެއް ކަމަށެވެ. މި ދެމީހުންނަކީވެސް ލައިސަންސް އޮންނަ ދެމީހުން ކަމަށާއި އެކްސިޑެންޓްގައި ހިމެނޭ ތިން އުޅަނދަށް ވެސް އެކިވަރުގެ ގެއްލުން ވެފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް