ތ. ބުރުނީގައި ރުކަކުން ޖެހި ބިދޭސީއަކު މަރުވެއްޖެއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ މީހެކެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ ބިދޭސީ މީހާ މަރުވީ މިއަދު ހަވީރު އެ ރަށުގައި އެކްސްކަވޭޓަރެއް ބޭނުންކޮށްގެން ރުށްތަކެއް އެއްތަނުން އަނެއް ތަނަށް ގެންދަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައެވެ.
އެ ހާދިސާގައި އިތުރު ތިން މީހަކަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އެ ތިން މީހުންނަކީވެސް އިންޑިއާއަށް ނިސްބަތްވާ ތިން މީހުންކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް