ލާމު ކައްދޫ ރިކްރިއޭޝަން ކުލަބުން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދާ ފުރަތަމަ އިންޓަ ޔުނިޓް ފުޓްސަލް މުބާރާތް، "ކޭއޭސީއެލް އިންޓަރ ޔުނިޓް ފުޓްސަލް ޗެލެންޖް 2023"ގެ ގުރޫޕް ސްޓޭޖު ނިމި، ސެމީ ފައިނަލް މެޗުތަކަށް ތައްޔާރުވެއްޖެއެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުތައް ރޭ ނިމިފައިވާ އިރު، ސެމީއަށް ދަތުރު ކުރި ޓީމުތަކަކީ މަފިޓްއާއި އޮޕަރެޝަންސް އަދި ޑްރީމާސްއެވެ. މުބާރާތުގެ ސެމީއަށް އެއްވަނަ ޓީމުގެ ގޮތުގައި ދަތުރުކުރީ މަފިޓްއެވެ. އެޓީމުން ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އަނެއް މެޗުން ބަލިވެފައެވެ.
ދެވަނައަށް ދިޔައީ އޮޕަރޭޝަންސް އެވެ. އެޓީމަށް ތިން މެޗުން ލިބުނީ ހަ ޕޮއިންޓެވެ. އޮޕަރޭޝަންސް އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވި އިރު، އަނެއް މެޗުން ވަނީ ބަލިވެފައެވެ. ތިންވަނައަށް ދިޔަ ޑްރީމާސް ވެސް އެޓީމުގެ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ މޮޅުވެފައެވެ. އަނެއް މެޗުން ވަނިީ ބަލިވެފައެވެ. ތިން ޓީމަށް ވެސް އެއްވަރަކަށް ޕޮއިންޓް ލިބުނުއިރު، ތާވަލްގެ އެއްވަނަ އަދި ދެވަނަ ކަނޑައެޅިގެން ދިޔައީ ފައިދާ ގޯލުންނެވެ.
ސެމީގެ ދެމެޗެއް ކުޅެން ހަހަމަޖެހިފައިވާއިރު، ސެމީގެ ފުރަތަމަ މެޗު ކުޅޭނީ މިރޭގައެވެ. މިރޭ ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ތާވަލްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ އިން ޖާގަ ހޯދި މަފިޓް އާއި އަދި ތާވަލްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔަ އޮޕަރޭޝަންސް އެވެ. މި މެޗުން މޮޅުވާ ޓީމަކަށް ސީދާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.
މިރޭ ސެމީގެ ފުރަތަމަ މެޗަށް ނުކުންނަ މަފިޓް އަދި އޮޕަރޭޝަންސް ވަނީ ގްރޫޕް ސްޓޭޖުގައި ވެސް ބައްދަލުކޮށްފައެވެ. އެ މެޗު ތަފާތު ބޮޑު ނަތީޖާއަކުން އޮޕަރޭޝަންސް ވަނީ މަފިޓް އަތުން ބަލިވެފައެވެ. އެ މެޗުގައި މަފިޓް އަތުން އޮޕަރޭޝަން ބަލިވީ 0-4 ގެ ނަތީޖާއިންނެވެ.
މިރޭގެ ސެމީއަށް މި ދެޓީމު ނުކުންނައިރު، ދެޓީމުން ވެސް ވަނީ މިރޭގެ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ. އެއްވެސް ޓީމެއްގައި އަނިޔާގެ މައްސަލައެއް އަދި ސަސްޕެންޝަނުގެ މައްސަލައެއް ވެސް ނެތެވެ.
މަފިޓް އަދި އޮޕަރޭޝަންސް ބައްދަލުކުރާ ފޯރިގަދަ ސެމީގެ މެޗު ފަށާނީ މިރޭ 9:00 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް