ފުލުހުން ކަރަންޓު ބަޑި ބޭނުންކުރަން ފަށައިފި

ދިވެހި ފުލުހުން ޓޭޒަރ ގަން ބޭނުންކުރަން ފަށައިފިއެވެ. މިކަން ހާމަކުރައްވައި ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މާލޭ ސަރަހައްދުގައި އެނާޖީ ވެޕަން (ޓޭޒަރ) ބޭނުން ކުރަން މިއަދުން ފެށިގެން ފ...

26 Feb 2023 | 12:37

ދިވެހި ފުލުހުން ޓޭޒަރ ގަން ބޭނުންކުރަން ފަށައިފިއެވެ.

މިކަން ހާމަކުރައްވައި ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މާލޭ ސަރަހައްދުގައި އެނާޖީ ވެޕަން (ޓޭޒަރ) ބޭނުން ކުރަން މިއަދުން ފެށިގެން ފަށާފައިވާކަމަށެވެ.

"ސާޖަންޓް ރޭންކުން މަތީ އަދި މި ބޭނުން ކުރުމުގެ ތަމްރީނު ފުރިހަމަކޮށްފައިވާ ފުލުހުން މި ބޭނުން ކުރާނެ" ސީޕީ ވިދާޅުވެފައިވެއެވެ.

މިއީ މިފަދަ ހަތިޔާރެއް ދިވެހި ފުލުހުން ބޭނުންކުރަން ފެށި ފުރަތަމަ ފަހަރުކަންވެސް ސީޕީ ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް