ލިޓަން މަރާލުމުގައި ނިޒާމްގެ ބައިވެރިވުން އޮތްކަން އެނގޭ، ތިން ދައުވާއެއް އުފުލާނަން: ޝަމީމް

ތެޔޮ ބޯޓުގެ ފަޅުވެރިޔާ މުހައްމަދު ލިޓަންގެ މަރުގެ މައްސަލައިގަ އެކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މުހައްމަދު ނިޒާމްގެ ބައިވެރިވުން އޮތްކަން ސާބިތު ކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށް ޕްރޮސެކިއުޓާ ޖެނެ...

26 Feb 2023 | 11:47

ތެޔޮ ބޯޓުގެ ފަޅުވެރިޔާ މުހައްމަދު ލިޓަންގެ މަރުގެ މައްސަލައިގަ އެކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މުހައްމަދު ނިޒާމްގެ ބައިވެރިވުން އޮތްކަން ސާބިތު ކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު ޝަމީމް ވިދާޅުވީ ނިޒާމްގެ މައްޗަށް ދައުވާ ސާބިތު ކުރަން ލިޓަންގެ ހަށިގަނޑު ފެންނަން ނުޖެހޭ ކަމަށާއި އެގޮތަށް ނިންމައި ދައުވާ ނުކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. އެގޮތަށް ބަލައި ދައުވާ ކުރަން ނިންމީ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލު ކޮށްފައިވާ ގޮތްތަކަށް ބަލައިގެންނެވެ.

ނިޒާމްގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލުމަށް ވަނީ ތައްޔާރުވެފައި އެވެ. އެއީ ގަސްދުގައި މީހަކު މެރުމާއި، ވައްކަން ކުރުމުގެ ދައުވާގެ އިތުރުން މަސްތުވާތަކެތިން މުއާމަލާތް ކުރުމުގެ ދައުވާ އެވެ.

މީގެ ތެރެއިން ވައްކަން ކުރުމުގެ ދައުވާ އުފުލަނީ ތެޔޮ ބޯޓުގައި ހުރި ފައިސާތައް ވަގަށް ނަގާފައިވާތީ އެވެ. މަސްތުވާތަކެތިން މުއާމަލާތް ކުރުމުގެ ދައުވާ އުފުލަނީ އޭނާ ހައްޔަރު ކުރި އިރު އަތުން މަސްތުވާތަކެތި ފެނިފައިވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް