ސްޕެޝަލިސްޓް ޑަކުޓަރުންނާއެކު މާފުށީ ޖަލުގައި މެޑިކަލް ކޭމްޕެއް ކުރިއަށްގެންގޮސްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ މާފުށީ ޖަލުގައި ތިބި ޤައިދީންނާއި ބަންދުމީހުންނަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ފޯރުކޮށްދޭ މެޑިކަލް ކޭމްޕެއް އެ ޖަލުގައި ބާއްވައިފިއެވެ. އިއްޔެއިނ...

26 Feb 2023 | 11:25

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ މާފުށީ ޖަލުގައި ތިބި ޤައިދީންނާއި ބަންދުމީހުންނަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ފޯރުކޮށްދޭ މެޑިކަލް ކޭމްޕެއް އެ ޖަލުގައި ބާއްވައިފިއެވެ.

އިއްޔެއިން ފެށިގެން މިއަދަށް ކުރިއަށްދިޔަ މި މެޑިކަލް ކޭމްޕް ހިންގީ މާފުށީ ހެލްތް ސެންޓަރާއި މާފުށީ ޖަލުގެ މެޑިކަލް ސެންޓަރު ގުޅިގެންނެވެ.

މި މެޑިކަލް ކޭމްޕް ހިންގުމުގެ މަޤްޞަދަކީ މާފުށީ ޖަލުގައި ތިބި ޤާއިދީންނާއި ބަންދުމީހުންގެ ތެރެއިން ސްޕެޝަލިސްޓުންނަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ މީހުން ތިބުމާއިއެކު، އެމީހުން ސްޕެޝަލިސްޓުންނަށް ދެއްކުމަށާއި ޖަލުގައި ދެވެން ނެއް ފަރުވާ ދިނުމަށް އެހެން ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ގުޅިގެން އެކަމުގެ މަގު ފަހިކޮށްދިނުން ކަމުގައި ކަރެކްޝަންސްއިން ބުނެއެވެ.

"މި ކޭމްޕްގައި ފޯރުކޮށްދީފައިވާ ސްޕެޝަލިސްޓް ޚިދުމަތްތަކަކީ ހަމުގެ ބަލިތަކާއި އެތެރެހަށީގެ ބަލިތަކެވެ. މިގޮތުން 49 ޤައިދީންނާއި ބަންދުމީހުންނަށް ހަމުގެ ބަލިތަކަށް ކޮންސަލްޓޭޝަން ދީފައިވާއިރު، އެތެރެހަށީގެ ޑޮކްޓަރަށް 24 ޤައިދީންނާއި ބަންދުމީހުން ދައްކާފައިވެއެވެ." ކަރެކްޝަންސްއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް