53 މިލިޔަން ރުފިޔާ ހަ މަސްތެރޭގައި ދެއްކުމަށް ރައީސް ޔާމީންގެ މައްޗަށް އަމުރުކޮށްފި

3،413،230 ޑޮލަރު (53 މިލިޔަން ދިވެހި ރުފިޔާ) ހަ މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. މި އަދަދަކީ ރައީސް ޔާމީންގެ މައްޗަށް ސާބިތު...

26 Feb 2023 | 11:13

3،413،230 ޑޮލަރު (53 މިލިޔަން ދިވެހި ރުފިޔާ) ހަ މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި އަދަދަކީ ރައީސް ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ މައްސަލައިގާ އޭރު ދައްކަން ހުކުމްކުރި އަދަދެވެ.

ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި 3،413،230 ޑޮލަރު ދައްކަން ހުކުމް ހުރީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިޔަން ޑޮލަރު ނަގައި އެ ފައިސާ އެކި ބޭންކް ތަކާއި އެކައުންޓްތަކުގައި ދައުރުކޮށް އެ ފައިސާ ލޯންޑަރ ކުރި ކަމުގެ ކުށް ސާބިތު ވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް