މާލެސިޓީ ކައުންސިލްގެ ބައެއް ޚިދުމަތްތަކުން ނަގާ ފީ ކުޑަ ކުރުމަށް މާލޭސިޓީ ކައުންސިލްގެ މުނިސިޕަލް ސާރވިސަސް ކޮމިޓީއިން ނިންމައިފިއެވެ.
އެ ކައުންސިލުން ބުނެފައިވާގޮތުގައި ކައުންސިލްގެ މުނިސިޕަލް ސާރވިސަސް ކޮމިޓީގެ 58 ވަނަ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ މާލެއާއި ވިލިމާލޭގެ ފަޅުތަކާއި ބަނދަރުތައް ބޭނުން ކުރުމާއި، އެތަންތަނުން އުޅަނދުފަހަރަށް ފައްތިޔާ އަދި ފަޅުހުއްދަ ފީނެގުމުގެ އިތުރުން މާލޭގެ މަގުމަތީގައި މަސައްކަތް ކުރުމަށް ދޫކުރާ ބޯޑުތަކުގެ އަގު ހެޔޮކުރުމަށެވެ.
އާ އަގުތަކުގެ ގެޒެޓް ލިންކް: https://www.gazette.gov.mv/iulaan/230350
މާލެ ސިޓީ ކައުންސިލުން ކުޑަކުރަން ނިންމާފައިވަނީ:
- މާލޭ މަގުމަތީގައި މަސައްކަތް ކުރުމަށް ދޫކުރާ ބޯޑުތަކުގެ ފީ.
- މާލެއާއި ވިލިމާލޭ ފަޅުން ދޫކުރާ ފައްތިޔާ އަދި ފަޅުހުއްދަ ފީ.
ފީ ތަކަށް ގެނެވުނު ބަދަލާއިއެކު ގެޒެޓް ކުރެވިފައިވާ އިޢުލާނާއި އެއްގޮތަށް މާލެއާއި ވިލިމާލެ ފަޅުން އުޅަނދު ފަހަރަށް ފައްތިޔާ،ފަޅުހުއްދަ އަދި މާލޭގެ މަގުމަތީގައި މަސައްކަތް ކުރުމަށް ދޫކުރާ ބޯޑު ތަކުގެ އަގުލިސްޓަށް މާދަމައިން ފެށިގެން އަމަލުކުރަން ފަށާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް