އަޒްލީނާގެ ޤާތިލު ޒުހައިރު މަރުވެފައި އޮއްވާ ފެނިއްޖެ

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ސެކްރެޓަރީއަކަށް އުޅުނު އަޒްލީނާ ނަފީސް މަރާލި، އަބްދުﷲ ޒުހައިރު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ ޒުހައިރު މަރުވެފައި އޮއްވާ ފެނުނީ ކ. ދިއްފު...

26 Feb 2023 | 09:56

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ސެކްރެޓަރީއަކަށް އުޅުނު އަޒްލީނާ ނަފީސް މަރާލި، އަބްދުﷲ ޒުހައިރު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ ޒުހައިރު މަރުވެފައި އޮއްވާ ފެނުނީ ކ. ދިއްފުށީ އަތިރިމަތީގައި ހުރި ޖޯއްޔެއްގައެވެ. އޭނާ މިހާރު ދިރިއުޅެމުން އަންނަނީ އެ ރަށުގައެވެ.

ފުލުހުން ބުނެފައިވަނީ ދިއްފުށީ އުތުރު ފަރާތު ބީޗުގައި ހުރި ޖޯއްޔެއްގައި ހަބަރު ހުސްވެފައި އޮތް މީހެއް ފެނިގެން އެ ރަށު ހެލްތު ސެންޓަރު ގެންދިޔަކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އަދި ގެންދިޔއިރުވެސް ނިޔާވެފައިވާކަމުގެ މައުލޫމާތުވެސް ލިބިފައިވާކަމަށެވެ.

"ނިޔާވެފައިވަނީ 48 އަހަރުގެ ދިވެހި ފިރިހެނެއް" ފުލުހުން ބުނެފައިވެއެވެ.

2001 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި އަޒްލީނާ މަރާލާފައި އޮއްވާ ފެނުނީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީހުގެ ފާހާނާގެ ތެރޭގައެވެ.

އެ މައްސަލައިގާ ޒުހައިރުއާއި ގދ. ހޯނޑެއްދޫ، ސަވޭރާ އިބްރާހިމް ހަމްދީގެ މައްޗަށް ކުށް ސާބިތުވެ އުމުރަށް ޖަލަށް ލާން ހުކުމް ކުރިއެވެ. ނަމަވެސް ހުކުމް ކުރިތާ 11 އަހަރު ފަހުން 2013 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި ޒުހައިރު މިނިވަން ކުރިއެވެ.

ޒުހައިރުގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް