ތޫނު އެއްޗަކުން ހަމަލާދީ30 އަހަރުގެ ޒުވާނަކު ހައްޔަރު ކުރި މައްސަލައިގަ ހައްޔަރު ކުރި މިހާގެ މުއްދަތު ޖަހައިފި އެވެ.
މި މައްސަލައިގަ ރޭ ހައްޔަރު ކުރީ އުމުރުން20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރު ކުރިކަން ކޮމިޝަނާ އޮޕް ޕޮލިސް މުހައްމަދު ހަމީދު މިއަދު ހެނދުނު ހާމަކުރެއްވި އެވެ.
ފުލުހުން ބުނީ އެމީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން15 ދުވަހަށް ބަންދު ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އެމީހާ ހައްޔަރު ކުރީ ކޮން ތަނަކުން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މި ހާދިސާގައި ޒަހަމްވި30 އަހަރުގެ ފިރިހެން މީހާއަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗު އައިސީޔޫގައި ވެންޓިލޭޓަރަސް ލައިގެންނެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް