އިންޑިއާގެ ރިހެބަކުން ގެއްލުނު ދިވެހި މީހާ ފެނިއްޖެ

އިންޑިއާގެ ބެންގަލޫރޫގެ ރިހެބިލިޓޭޝަން ސެންޓަރަކުން ގެއްލުނު ދިވެހި ފިރިހެން މީހާ ފެނިއްޖެ އެވެ. ގެއްލިގެން ހޯދަމުން ދިޔައީ ކުޅުދުއްފުށީ ސިޓީ ރެޑްކޯސްޓް، އުމުރުން 37 އަހަރުގެ އަބްދުﷲ އާލިމް އެވެ. އޭނާ...

26 Feb 2023 | 07:58

އިންޑިއާގެ ބެންގަލޫރޫގެ ރިހެބިލިޓޭޝަން ސެންޓަރަކުން ގެއްލުނު ދިވެހި ފިރިހެން މީހާ ފެނިއްޖެ އެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ކުޅުދުއްފުށީ ސިޓީ ރެޑްކޯސްޓް، އުމުރުން 37 އަހަރުގެ އަބްދުﷲ އާލިމް އެވެ. އޭނާ ފަރުވާ ހޯދަމުން ދިޔައީ ބްލޮސަމްސް ކޮންވަލެސެންޓް ކެއާ ޓްރަސް ރިހެބިލިޓޭޝަން ސެންޓަރުގައި އެވެ.

ފުލުހުން ބުނީ އިންޑިއާގެ ރީހެބުން ގެއްލުނު ކަމަށް ބުނާ ދިވެހި ޒުވާނާ ފެނިފައިވާ ކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

ލިމް ގެއްލުމުގެ ކުރިން އެންމެ ފަހުން އޭނާ ފެނިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުގެ ހެނދުނު އެވެ. އެގޮތުން އެދުވަހު ހެނދުނު ރިހެބުން ބޭރަށް ހިނގާލަން ދިއުމަށްފަހުގައި އާލިމް އަނބުރާ އައިސްފައެއް ނުވެ އެވެ.

ރިހިބިލިޓޭޝަން ސެންޓަރުންނާއި، ބެންގަލޫރު ފުލުހުން ވެސް ވަނީ އާލިމް ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ.

މީގެ އިތުރުން އާލިމްގެ އާއިލާއިން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ފޮރިން މިނިސްޓްރީއަށް ވެސް އާލިމް ގެއްލިގެން އުޅޭކަން އަންގައި، އެހީއަށް އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް