އަކްޝޭގެ ފިރިހެން ދަރިފުޅުގެ ޝައުގުވެރިކަން ހުރީ ތަފާތު ދާއިރާއަކުން!

ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރުގެ ފިރިހެން ދަރިފުޅު އާރަވް ކުމާރު ކުރިޔަށްދާން ބޭނުންވަނީ ތަފާތު ދާއިރާއަކުން ކަމަށް ހާމަކޮށްފި އެވެ. ބޮލީވުޑްގައި އުޅޭ މަޝްހޫރު ހުރިހާ ތަރިންގެ ދަރިންހެން ބޮޑެތިވެގެ...

26 Feb 2023 | 06:31

ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރުގެ ފިރިހެން ދަރިފުޅު އާރަވް ކުމާރު ކުރިޔަށްދާން ބޭނުންވަނީ ތަފާތު ދާއިރާއަކުން ކަމަށް ހާމަކޮށްފި އެވެ.

ބޮލީވުޑްގައި އުޅޭ މަޝްހޫރު ހުރިހާ ތަރިންގެ ދަރިންހެން ބޮޑެތިވެގެން ނުކުންނަނީ ފިލްމީ ދާއިރާ އަށެވެ. އެގޮތުން ޝާހްރުކް ހާންގެ ދަރިފުޅާއި ސައިފް އަލީ ހާން ފަދަ ތަރިންގެ ދަރިން ދަނީ ބޮލީވުޑްގައި މަސައްކަތް ފަށައި ނުވަތަ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ.

އެ ފަދަ ދަނޑިވަޅެއްގައި އާރަވްގެ ޝައުގުވެރިކަން ހުރީ ކޮން ދާއިރާއަކުން ކުރިޔަށް ދިއުމަށްތޯ ސުވާލު ކުރުމުން އިންޑިއާ މީޑިއާގައި އަކްޝޭ ބުނީ ދަރިފުޅު ބޭނުންވަނީ ފެޝަން ޑިޒައިނަރަކަށް ވާން ކަމަށެވެ. އެއްވެސް ޝައުގުވެރިކަމެއް ފިލްމީ ދާއިރާއަށް ނެތް ކަމަށް އުމުރުން 20 އަހަރުގެ އާރަވް ބުނެފައިވާ ކަމަށް އަކްޝޭ ބުންޏެވެ.

އާރަވް ފެޝަން ޑިޒައިންނިންގެ ދާއިރާއިން ކުރިޔަށް ދިއުމަށް ވަރަށް އަވަހަށް އިނގިރޭސިވިލާތުގެ ލަންޑަންގެ ޔުނިވާސިޓީއަކަށް ވަންނާނެ ކަމަށް އަކްޝޭ ބުންޏެވެ. އެކަމަކު އޭނާ ލަންޑަނަށް ކިޔަވަން ދާނީ އަކްޝޭ އާއި އަންހެނުން ޓްވިންކަލް ކަންނާ ނުފޫޒުން ދަންނަ މީހުން މެދުވެރިކޮށް އޭނާގެ ކަންކަން ނުބަލާނަމަ ކަމަށް އެއްބަސްވުމުން ކަމަށް ބުނެފައިވާ ކަމަށްވެސް ބުންޏެވެ.

އަކްޝޭ އާއި ޓްވިންކަލްގެ ދެން ހުންނަނީ އުމުރުން 10 އަހަރުގެ ނިތާރާ ކުމާރެވެ.

އަކްޝޭގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ފިލްމު "ސެލްފީ" އެވެ. އެ ފިލްމަކީ މިހާތާނަށް ރިލީޒް ކުރި އަކްޝޭގެ ބޮލީވުޑްގެ ފިލްމަކަށް ފުރަތަމަ ދުވަހު އެންމެ ދަށުން އާމްދަނީ ލިބުނު ފިލްމެވެ. އެހެންވެ އެ ފިލްމުވެސް ކަނޑައަޅާފައިވަނީ ފްލޮޕެއްގެ ގޮތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް