ސަފާރީއެއްގައި ފަތުރުވެރިއަކު ރޭޕުކުރި ކަމަށްބުނާ މައްސަލައެއް ތަހުގީގުކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ ފަސް ފިރިހެނަކު ވެގެން ސަފާރީއެއްގައި ފަތުރުވެރިއަކު ރޭޕުކުރި މައްސަލައެއް ބަލަމުންދޭތޯ ދިޔަރެސްގެ ނޫސްވެރިޔާ އަޒާން ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.
"ސަފާރީއެއްގައި ފަތުރުވެރިއެއް ރޭޕުކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައެއް ނުވޭ، ސަފާރީއެއްގައި ފަތުރުވެރިއެއް ރޭޕުކުރިކަމަށް ބުނާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާއިގުޅިގެން ބަލަންޖެހޭ ކަންކަން މިދަނީ ބަލަމުން" ފުލުހުން ބުނެފައިވެއެވެ.
"އެކްސްޕެޓްސް" އިން މޯލްޑިވްސް ފޭސްބުކް ގްރޫޕްގައި މީހަކު ބުނެފައިވާގޮތުގައި ދުވާ ހެދުމުގައި ނޫން ގޮތަކަށް އަންހެނަކު ހުޅުމާލޭގައި ދުވެފައިދާތަން އޭނާއާއި އޭނާގެ ރައްޓެއްސަކަށް ފެނުނު ކަމަށާއި އޭރު ގަޑިން ވާނީ މެންދަމު 1:00 ނުވަތަ 1:30 ކަމަށެވެ.
"އެމީހާ ދުވެފައި އައިސް އެހީއަށް އެދުނު، އެ އަންހެންމީހާ ގެއަށް ގެންގޮސްދިނީ އަހަރުމެން، ފަސް ފިރިހެނަކު ވެގެން ރޭޕު ކުރީ ކަމަށް އެ އަންހެން މިހާ ބުނި" އެ މައުލޫމާތު ހިއްސާކުރި މީހާ ބުނެފައިވެއެވެ.
އެމީހާ ބުނެފައިވަނީ އެއީ "ދޮން" ފަތުރުވެރިއެއް ކަމަށާއި ގައިން ބައެއް އަނިޔާގެ ނިޝާންވެސް ފެނުނު ކަމަށާއި ޕޮލިހަށް ރިޕޯޓް ކުރުމަށްވެސް އިރުޝާދު ދިންކަމަށް ބުނެފައިވެއެވެ. އަދި އެ ފަތުރުވެރިޔާގެ ފައިސާވެސް އެ މީހުން ފޭރިގަތް ކަމަށާއި ކަނޑުފައްތާނެ ކަމުގެ އިންޒާރުވެސް ދިންކަމަށް އެ ފަތުރުވެރިޔާއާއި ހަވާލާދީ އެމީހާ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް