ކުށް ކުރަން ހެލްމެޓު އަޅާކަން ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައިވަނީ މިފަހުން މާލޭގައި ހިންގި މާރާމާރީތަކާއި ވިޔަފާރިތަކަށް ގެއްލުން ދީފައިވާ މައްސަލަތަކުގައި ބައިވެރިވި މީހުން ހެލްތް މެޓު އަޅައިގެން ތިބިކަން ފާހަގަ ކުރެވިފައި ވަނިކޮށެވެ. އެހެންވެ ހަމަލާދިން މީހުން ދެނެގަތުން ލަސްވެފައިވެ އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހެލްމެޓު އެޅުން ލާޒިމު ނޫންތަންތަނުގައި ކާކުކަން ނޭނގޭގޮތަށް ކުށްކުށަށް އަރައިގަތުގެ ނިޔަތުގައި ހެލްތްމެޓު އަޅައިގެން ބައެއް މީހުން އުޅޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ފުލުހުން ބުނީ ހެލްމެޓު އަޅަން ޖެހޭނީ30 ކިލޯ މީޓަރަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވުން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ކަަމަށެވެ.
އެހެން ކަމުން އަޅަން ނުޖެހޭ ތަންތަނުގައި ހެލްމެޓު އަޅާނަމަ އެ އެއްގަމު އުޅަނދެއް ދުއްވާ ބަޔަކަށް ފުލުހުން ފާރަވެރިވެ، ތުހުމަތު ކުރެވޭ މީހުން ހުއްޓުވައި ބަލާ ފާސް ކުރާނެ ކަމަށް ބުންޏެވެ.
މިއީ އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އަމާންވެއްޓެއް ގާއިމް ކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް ބުންޏެވެ.
އިއްޔެރޭ ވަނީ ހެލްމެޓު އަޅައިގެން ތިބި ދެމީހަކު ވަދެ މާލޭ ފިހާރައެއްގައި ހުރި މީހެއްގެ ގަޔަށް ވަޅި ހަރައި ފުން ޒަހަމްތަކެއް ދީފައި އެވެ. އެމީހާއަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗު އައިސީޔޫގައި ވެންޓިލޭޓަރުގައި އެވެ.
އޭގެ ދެރޭ ކުރިން ވަނީ ހުޅުމާލޭގައި ހިންގާ ޖޫސް ޕޮއިންޓް ކިޔާ ތަނަކަށް ގެއްލުންދީ ފައިސާތަކެއް ފޭރިގަނެފައި އެވެ.
ފުލުހުން ބުނީ މި މައްސަލަތަކުގައި16 މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މި ހަމަލާތަކާއި މާރާމާރީތައް ގުޅިފައިވަނީ މާލޭގައި ހިންގާ ހަތަރު ގޭންގަގާއި ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް