ގަނެގެން ވަގުތުން ކާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ރަހަމީރު މީލް ޕެކްތަކެއް މިފްކޯއިން ތައާރަފުކޮށްފި އެވެ.
މިފްކޯއިން އެ މީލް ޕެކުތައް ތައާރަފުކުރީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިޔަ ފުޑް އެންޑް ބެވަރޭޖް ޝޯގެ ތެރެއިންނެވެ.
މިފްކޯއިން ބުނީ މި ޕެކްތަކަކީ ޕްރިޒަވޭޓިވް އާ ނުލާ، 5 މިނެޓަށް މައިކްރޮވޭވް ކޮށްލުމަށް ފަހު ކެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތަކެއް ކަމަށެވެ.
އަދި މި އުފެއްދުންތަކުގެ ތެރޭގައި ޖުމުލަ ފަސް ރަހައެއް ހިމެނޭއިރު، މި ޕެކުތައް ހަލާކު ނުވެ ތިން މަސް ދުވަހު ހުންނާނެ ކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯއިން ތައާރަފުކުރި މީލް ޕެކުތަކުގައި ހުންނަ ރަހަތަކުގެ ތެރޭގައި، މަސްބަތް ޓޫނާ ވިތު ކަންކުން އެންޑް ސްޕިނެޗް ރައިސް، ޓޫނާ އިން ބާބަކިއު ސޯސް، ޓޫނާ ވިތު އޮބާޖީން އަދި ޓޫނާ އިން ހޮޓް ބަޓާ ސޯސް ހިމެނެއެވެ.
މިފްކޯއިން ބުނީ، މިއަދުން ފެށިގެން އެ ކުންފުނީގެ ފިހާރަތަކުން މީލް ޕެކުތައް ގަންނަން ލިބޭނެ ކަމަށާއި މި ޕެކުތަކުގެ އަގު ހުންނާނީ 60-80 ރުފިޔާއާ ދެމެދުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް