ރީޖަނަލް އެއާޕޯޓްސްގެ ދަށުން ހިންގަމުން އަންނަ އެއާޕޯޓްތަކުގެ ގްރައުންޑް ހޭންޑްލިންގް ފީތައް ބޮޑުކޮށްފި

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ދަށުން ހިންގަމުން އަންނަ އެއާޕޯޓްތަކުގެ ގްރައުންޑް ހޭންޑްލިންގ ފީތައް ބޮޑުކުރަން އެ ކުންފުނިން ނިންމައިފިއެވެ. މިކަން ހާމަކުރައްވައި "އަދަދު" ނޫހަށް މައުލޫމާތުދ...

26 Feb 2023 | 03:50

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ދަށުން ހިންގަމުން އަންނަ އެއާޕޯޓްތަކުގެ ގްރައުންޑް ހޭންޑްލިންގ ފީތައް ބޮޑުކުރަން އެ ކުންފުނިން ނިންމައިފިއެވެ.

މިކަން ހާމަކުރައްވައި "އަދަދު" ނޫހަށް މައުލޫމާތުދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވެފައިވަނީ މިހާރު ހުރި އަގުތަކަކީ މީގެ ވިއްސަކަށް އަހަރު ކުރީގެ އަގުތަކެއް ކަމަށެވެ.

އެ ކުންފުނީގެ ދަށުން ހަ އެއާޕޯޓެއް ހިންގަމުންދެއެވެ. އެ އެއާޕޯޓްތަކަކީ:

  • ފުވައްމުލަކު އެއާޕޯޓް
  • ހޯރަފުށި އެއާޕޯޓް
  • ހަނިމާދޫ އެއާޕޯޓް
  • ކުޅުދުއްފުށި އެއާޕޯޓް
  • ފުނަދޫ އެއާޕޯޓް
  • މާވަރުލު އެއާޕޯޓް

ގްރައުންޑް ހޭންޑްލިން ފީތަކަށް ބަދަލުގެންނައިރު ގެނެސްފައިވާއިރު ބޮޑުކޮށްފައިވަނި އެންމެ 10 އިންސައްތަ ބޮޑުކުރުމެއް ކަމުގައި އެމްޑީ ރިޒްވީ ވިދާޅުވެފައިވެއެވެ. އަދި އެހެން އެއާލައިންތަކަށްވުރެ ޤައުމީ އެއާލައިން "މޯލްޑިވިއަން" އަށް އަގު ހެޔޮވާނެކަމުގައިވެސް ރިޒްވީ ވިދާޅުވެފައިވެއެވެ.

މި ބަދަލާއެކު އެތެރޭގެ އުދުހުންތަކުގެ އަގު، ހާއްސަ ގޮތެއްގައި މި އެއާޕޯޓްތަކަށް ކުރާ ދަތުރުތަކުގެ އަގު އުފުލުން އެކަށީގެންވެއެވެ. އެހެންނަމަވެސް އެއާލައިންތަކުން އަދި މިފަދަ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް