ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ނައިބު ލީޑަރުކަމަށް ލީޑަރު ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާގެ އިތުރުން އިތުރު ހަތަރު ބޭފުޅަކު އިންތިޚާބު ވެއްޖެއެވެ.
ހަފްތާ ބަންދުގައި އެ ޕާޓީން ކުރިއަށްގެންދިޔަ ޕާޓީގެ ކޮންފަރެންސްގައި ނެގި ވޯޓުގައި މި މަޤާމަށް އިންތިޚާބުވި ފަސް ބޭފުޅުންނަކީ:
- އައިޝަތު ނަހުލާ
- އަމީން އިބްރާހިމް
- އަހްމަދު ސައުދު
- އިގްބާލް އާދަމް
- އަލީ ޝާހު
ޑެޕިއުޓީ ލީޑަރުގެ ވޯޓަކީ އެ ކޮންފަރެންސްގައި އެންމެ ފޯރިއާއެކު ކުރިއަށްދިޔަ އެއް ހަރަކާތެވެ. އިއްޔެ ފެށި ވޯޓުލުން އިއްޔެ ނިންމާލި ނަމަވެސް ވޯޓުތައް ގުނާ ނަތީޖާ އިއުލާނުކުރެވިގެންދިޔައީ ފަތިހުގެ ވަގުތެއްގައެވެ.
ޕާޓީގެ ކޮންފަރެންސްގައި ރޭގައި އެ ޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލައަށް ވާދަކުރަން ނުވަތަ ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އެކުލަވާލާ ކޯލީޝަނަކާއެކު ރިޔާސީ އިންތިޚާބަށް ނިކުންނަންވެސް ނިންމާފައެވެ.
އެ ނިންމުން ނިމިގެންދިޔައީ ކޮންފަރެންސަށް ހުށަހެޅި ޤަރާރެއް ކޮންފަރެންސްގެ ބައިވެރިންގެ އިއްތިފާގުން ފާސްވެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް