ރާއްޖޭގައި ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އިތުރު ދެ މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މި ދެމީހުންވެސް މަރުވެފައިވަނީ ށ. ފުނަދޫގައި ހުންނަ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
މަރުވެފައިވަނީ އުމުރުން 78 އަހަރުގެ ފިރިހެނަކާއި ހަ79 އަހަރުގެ އަންހެނެކެވެ. މީގެ ތެރެއިން އަންހެން މީހާ މިމަހުގެ 22 ވަނަ ދުވަހު އެ ފެސިލިޓީގައި މަރުވި އިރު ފިރިހެން މީހާ މަރުވެފައިވަނީ އިއްޔެ އެވެ.
މި މަރުތަކާއިއެކު ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ296ށް އަރާފަ އެވެ.
މެދުކެނޑުމަކަށް ފަހު ކޯވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވަނީ މިދިޔަ މަހު އެވެ.
ރާއްޖޭގެ ކޯވިޑްގެ ހާލަތަށް ބަލާއި އިރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 168،000 އަށް އަރާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް