ސަރުކާރުގެ 55 މުވައްޒަފުން ތަމްރީން ޕްރޮގްރާމެއްގައި އިންޑިއާއަށް ފުރައިފި

ދިވެހި ސަރުކާރުގެ އެކި އިދާރާތަކުގައި ސިވިލް ސާވިސް (ސީއެސްސީ) މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރާ 55 މުވައްޒަފަކު ތަމްރީން ޕްރޮގްރާމެއްގައި މިއަދު އިންޑިއާ އަށް ފުރައިފިއެވެ. މި ޕްރޮގްރާމު ކުރިއަ...

26 Feb 2022 | 15:35

ދިވެހި ސަރުކާރުގެ އެކި އިދާރާތަކުގައި ސިވިލް ސާވިސް (ސީއެސްސީ) މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރާ 55 މުވައްޒަފަކު ތަމްރީން ޕްރޮގްރާމެއްގައި މިއަދު އިންޑިއާ އަށް ފުރައިފިއެވެ.

މި ޕްރޮގްރާމު ކުރިއަށް ގެންދަނީ "ޓްރެއިނިން ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޯ ސިވިލް ސާވެންޓްސް އޮފް މޯލްޑިވްސް"ގެ ނަމުގައެވެ.

ސީއެސްސީ މުވައްޒަފުންގެ ތަމްރީން ޕްރޮގްރާމުގައި އިންޑިއާގައި ދެ ހަފްތާ ހޭދަކުރާނެ އެވެ.

މި ތަމްރީނު ޕްރޮގްރާމްގައި، އިންޑިއާގެ ސިވިލް ސާވިސްއާ ބެހޭގޮތުންނާއި، އިގްތިޞާދީ، އިޖުތިމާއީ، ތިމާވެށި އަދި އެކި އެކި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭނެއެވެ.

ސީއެސްސީ މުވައްޒަފުންގެ ފުރަތަމަ ހަފްތާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ އުއްތަރުކާންދުގެ މަސޫރީގައި ހުންނަ ލާލް ބަހާދުރް ޝާސްތްރީ ނެޝަނަލް އެކެޑަމީގައެވެ. މި އެކެޑަމީ އަކީ އިންޑިއާގެ ސިވިލް ސާވިސް މުވައްޒަފުން ތަމްރީނު ކުރުމުގެ މަސްއޫލިއްޔަތު ވެސް އަދާކުރާ މައި މަރުކަޒެވެ.

މީގެ އިތުރުން ދެވަނަ ހަފްތާގެ ސެޝަންތައް ކުރިއަށް ގެންދާނީ ވެރިރަށް ނިއުދިއްލީގަ އެވެ.

މިއީ ދިވެހި ސިވިލް ސާވިސް މުވައްޒަފުން ތަމްރީނު ކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 2019 ވަނަ އަހަރު އިންޑިއާގެ ނެޝަނަލް ސެންޓާ ފޯ ގުޑް ގަވާނަންސް (އެންސީޖީޖީ)އާ އެކު ސޮއިކުރެވުނު އެމްއޯޔޫ ދަށުން އިންޑިއާ އަށް ދަތުރުކުރާ ނުވަ ބެޗްގެ ބައިވެރިންނެވެ. އަދި މިއީ އެމްއޯޔޫގެ ދަށުން މިހާތަނަށް އެއްފަހަރާ އެންމެ ގިނަ ސިވިލް ސާވިސް މުވައްޒަފުން ތަމްރީނު ވުމަށް އިންޑިއާ ދާ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް