ގދ. ތިނަދޫގައި ހިންގަމުންދާ އަދި ހިންގަން ރާވާފައިވާ މަޝްރޫއުތަކުގެ މަޝްވަރާއަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީ) އިން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއެކު އެރަށް ވަޑައިގެންފިއެވެ.
މިއަދުގެ މި މަޝްވަރާ ކުރުންތަކުގައި ޕްލޭނިން މިނިސްޓަރާއެކު އާރްޑީސީގެ ސީނިއާ މެނޭޖްމަންޓް ބޭފުޅުންނާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ، އަދި ތިނަދޫ ކައުންސިލާ ބައްދަލު ކުރައްވާފައެވެ.
މި ދެ ކުންފުނިން ވެސް އަންނަނީ އެރަށުގައި ބޮޑު ދެ މަޝްރުއު ހިންގަމުންނެވެ. އެގޮތުން އާރްޑީސީން އެރަށު މަގު ހެދުމުގެ މަޝްރޫއު ކުރިޔަށް ގެންދާއިރު، އެމްޓީސީސީންވަނީ ބިން ހިއްކުމާއި ޕޯޓް އެޅުމުގެ މަޝްރޫއު ފަށާފައެވެ.
https://twitter.com/rdcmaldives/status/1497505035181252616
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް