ޔޫކްރެއިން ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު

ޔޫކްރެއިންގެ ރައީސް  ވޮލޮޑްމީރް ޒެލެންސްކީ ހަނގުރާމައިގެ މައިދާނަށް ނުކުމެ ދައްކަވަމުންދަނީ ހިތްވަރުގަދަ މިސާލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. މިދިޔަ ބުދަ...

26 Feb 2022 | 13:08

ޔޫކްރެއިންގެ ރައީސް  ވޮލޮޑްމީރް ޒެލެންސްކީ ހަނގުރާމައިގެ މައިދާނަށް ނުކުމެ ދައްކަވަމުންދަނީ ހިތްވަރުގަދަ މިސާލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ރަޝިއާ ސިފައިން ޔޫކްރެއިންއަށް އަރައި ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް150ށް ވުރެ ގިނަ މީހުން މަރާލާފައިވެ އެވެ. އެމީހުންގެ މިހާރު ގެ އަމާޒު ޔޫކްރެއިންގެ ވެރިރަށް ކީވް ހިފުމަށް ހުރި އިރު ކީވްގެ ވަށައިގެންވާ ހުރިހާ ސަރަހައްދަކުންހެން ރަޝިއާ ސިފައިން ދަނީ އެ ސިޓީއަށް އެތެރެވަމުންނެވެ.

މިކަމާއި ގުޅިގެން އެމެރިކާއިން ވަނީ ރައްކާތެރިކަމުގެ ގޮތުން ރައީސް ޒެލެންސްކީ އެގައުމަށް ގެންދިއުމަށް ހުށަހަޅާފަ އެވެ. އެކަމަކު އޭނާ ނިންމެވީ ގައުމު ދޫކޮށް ނުގޮސް ރައްޔިތުންނާއި ގައުމުގެ ދިފާއުގައި ހަނގުރާމައަށް ނުކުންނަވާށެވެ.

މިކަމާއި ގުޅިގެން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޫކްރެއިންގެ ރައީސް ދައްކަވަމުންދާ ހިތްވަރަށް އެޗެއް ބުނެ ނުލައި ހުންނެވުމަކީ ނުކުރެވޭނެ ކަމެއް ކަމަށެވެ. އަދި މިފަދަ ނާޒުކު ދަނޑިވަޅެއްގައި ދައްކަވަމުންދަނީ ވަރުގަދަކަން ކަމަށް ނަޝީދު ވިދާޅުވި އެވެ.

https://twitter.com/MohamedNasheed/status/1497528201790517250

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް