ދިވެހިންގެ އުފެއްދުންތަކަށް ހާއްސަ ފިހާރައެއް ގަން އެއާޕޯޓްގައި

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ދިވެހި އުފެއްދުންތައް ވިއްކުމަށް ހާއްސަ ފިހާރައެއް މުއިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓަ ކޯޕަރޭޝަނުން ހުޅުވަން ނިންމައިފިއެވެ. ދިވެހި ކުދި ވިޔަފާރިތަ...

26 Feb 2022 | 09:48

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ދިވެހި އުފެއްދުންތައް ވިއްކުމަށް ހާއްސަ ފިހާރައެއް މުއިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓަ ކޯޕަރޭޝަނުން ހުޅުވަން ނިންމައިފިއެވެ.

ދިވެހި ކުދި ވިޔަފާރިތަކަށް ހާއްސަ ކޮށްގެން ގަން އެއާޕޯޓްގައި ހުޅުވާ މި ފިހާރަ އަކީ ބިޒްނަސް ސެންޓަ ކޯޕަރޭޝަނުން އޮތެންޓިކް މޯލްޑިވްސްގެ ފުރަތަމަ ފިހާރައެވެ.

މި ފިހާރަ ހުޅުވާނީ ގަން އެއާޕޯޓްގެ ޑިޕާޗާ ޓާމިނަލް ގައެވެ.

އޮތެންޓިކް މޯލްޑިވްސްގެ ފިހާރައިގައި ތަކެތި ވިއްކަން ބޭނުންވާ މީހުންނަށް އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެކަމަށް އެދުމުގެ ފުރުސަތު ލިބޭނެ އެވެ.

އެޕްލިކޭޝަން ފޯމް އީމެއިލް މެދުވެރިކޮށް ހުށެހެޅޭނެ ކަމަށް ބިޒްނަސް ސެންޓަ ކޯޕަރޭޝަނުން ބުންޏެވެ.

އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާލެ އަދި ހުޅުމާލޭގައި ވެސް ވަނީ ހުޅުވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް