އާލިއާގެ "ގަންގޫބާއީ" އެންމެންގެ އަނގަތަށް ބަންދުކޮށްލައިފި

އިއްޔެ ރިލީޒް ކުރި ބޮލީވުޑްގެ ފިލްމު "ގަންގޫބާއީ ހަރްޖިވަންދާސް" އެއް ދުވަހުން ހޯދި ކާމިޔާބާއި އެކު އާލިއާ ބަޓަށް ފާޑުކީ މީހުންގެ އަނގަތައް ބަންދުވެއްޖެ އެވެ. އިއްޔެ ސިނަމާތަކުގައި ރިލީޒް ކުރި އިރު ފު...

26 Feb 2022 | 09:37

އިއްޔެ ރިލީޒް ކުރި ބޮލީވުޑްގެ ފިލްމު "ގަންގޫބާއީ ހަރްޖިވަންދާސް" އެއް ދުވަހުން ހޯދި ކާމިޔާބާއި އެކު އާލިއާ ބަޓަށް ފާޑުކީ މީހުންގެ އަނގަތައް ބަންދުވެއްޖެ އެވެ.

އިއްޔެ ސިނަމާތަކުގައި ރިލީޒް ކުރި އިރު ފުރަތަމަ ދުވަހު ފިލްމަށް ލިބޭނެކަމަށް ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރީ ހަ ކްރޯޑު ނުވަތަ ހަތް ކްރޯޑު އިންޑިއަން ރުޕީސް އެވެ. އެކަމަކު އިއްޔެ އިންޑިއާއިން އެކަނި "ގަންގޫބާއީ"އަށް ވަނީ 10.50 ކްރޯޑް އިންޑިއަން ރުޕީސް ލިބިފަ އެވެ.

މިއީ ކޯވިޑްގެ ކުރިން ރިލީޒް ކުރި އާލިއާ ލީޑްރޯލުން ފެނިގެން ދިޔަ ފިލްމު "ރާޒީ" އަށް ފުރަތަމަ ދުވަހުން ލިބުނު ކާމިޔާބަށްވުރެ ބޮޑު ކާމިޔާބެކެވެ. އަދި ފުރަތަމަ ދުވަހުން "ގަންގޫބާއީ" އަށް 10 ކްރޯޑު ރުޕީސް ލިބުމަކީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމެކެވެ.

މި ފިލްމު ރިލީޒް ކުރުމުގެ ކުރިން ގިނަ ބަޔަކު އޭނާއަށް ފާޑުކީ އާލިއާގެ މޫނުމަތިން ހަރު ވައްތަރު ނުޖެހުމާއި އާލިއާއަށްވުރެ އެ ރޯލަށް ފިޓުވާ ބޮލީވުޑްގެ އަންހެން ތަރިން ތިބިކަމަށް ބުނެ އެވެ. މި ސަބަބުތަކާއި ހެދި މި ފިލްމު ރިލީޒް ކުރުމުގެ ކުރިން ފިލްމު ވެގެން ގޮސްފައި އާއިލާއަށް ބޮޑު ރިސްކަކަށެވެ.

"ގަންގޫބާއީ ހަރްޖިވަންދާސް" އަކީ މުމްބާއީގެ ކުރީގެ މާފިއާ ކުއީންއެއް ކަމަށްވާ ގަންގާގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގައި ފެނިގެން ދަނީ އޭނާ އުފަން ސްޓޭޓް ގުޖުރާތުން އާއިލާއަށް ފިލައިގެން ލޯބިވެރިޔާ އާއި އެކު މުމްބާއީއަށް ފިލްމު ކުޅެން ދާތަނެވެ. އަދި ބަޔަކު އޮޅުވާލައި އޭނާ ވިއްކާލުމުން ހަށިވިއްކާ މީހަކަށް ގަންގާގެ ދިރިއުޅުން ބަދަލުވާ ގޮތާއި އޭގެ ފަހުން އެ ސަރަހައްދުގެ ބޮޑަކަށްވެ މާފިއާ ކުއީންއަކަށް ވާގޮތެވެ.

އާލިއާގެ އިތުރުން މި ފިލްމުން އަޖޭ ދޭވްގަންވެސް ފެނިގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް