އަލްމޮސާފާ އާއި ގުޅިގެން މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރު ކުރަން ފަށައިފި

އަލްމޮސާފާއާ ގުޅިގެން މެދުއިރުމަތީގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އެމްއެމްޕީއާރުސީން ކެމްޕޭނެއް ފަށައިފި އެވެ. އަލްމޮސާފާ އަކީ މެދު އިރުމަތީގައި ފަތުރުވެރިކަމާ ގުޅުން ހުރި ހިދުމަތްތައް ފޯރުކޮށ...

26 Feb 2022 | 08:14

އަލްމޮސާފާއާ ގުޅިގެން މެދުއިރުމަތީގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އެމްއެމްޕީއާރުސީން ކެމްޕޭނެއް ފަށައިފި އެވެ.

އަލްމޮސާފާ އަކީ މެދު އިރުމަތީގައި ފަތުރުވެރިކަމާ ގުޅުން ހުރި ހިދުމަތްތައް ފޯރުކޮށްދޭ ސީރާ ގްރޫޕްގެ ފްލޭގްޝިޕް ކޮންސިއުމާ ޓްރެވަލް ބްރޭންޑެކެވެ.

މި ކުންފުންޏާއެކު އެމްއެމްޕީއާރުސީން ކުރިއަށް ގެންދާ ކެމްޕޭންގެ ދަށުން ރާއްޖެއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެކި ބާވަތުގެ ކޮންޓެންޓް މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިންނާ ހިއްސާކުރާނެ އެވެ. މި ކެމްޕެއިން ކުރިޔަށް ގެންދަން ނިންމާފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ކެމްޕެއިންގެ ދަށުން ސޯޝަލްމީޑިއާގެ ވަސީލަތްތައް ކަމުގައިވާ ޓުވިޓާ، އިންސްޓަގްރާމް އަދި ސްނެޕްޗެޓްގައި ރާއްޖެއާއި ގުޅުން ހުރި ތަފާތު ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްގެން އެ މައުލުމާތުތައް ފަސް މިލިއަން މީހުންނަށް ފޯރުކޮށްދޭނެ އެވެ. އެކަމުގެ ސަބަބުން މެދުއިރުމަތީގެ މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާ ކުރެ އެވެ.

އެމްއެމްޕީއާރްސީން ބުނީ ކެމްޕޭންގެ މައިގަނޑު މަގުސަދަކީ މެދުއިރުމަތި އަދި ހާއްސަކޮށް ސައުދި އަރަބިއްޔާގެ މާކެޓްގައި ރާއްޖެ އަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ރިސޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކާއި އެ ތަންތަނުގައި އަޅާފައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް މެދުއިރުމަތީގެ މަތީ ފަންތީގެ ފަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބުނެދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް