ކޮމިޝަނާ އޮފް ޕޮލިސް އާއި ޗީފް އޮފް ޑިފެންސް ފޯސް ބައްދަލު ކުރައްވައިފި

ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ބައްދަލުކުރައްވައި ރަށުތެރޭގެ އަމާންކަމާ ރައްކާތެރިކަން ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅ...

26 Feb 2015 | 13:37

ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ބައްދަލުކުރައްވައި ރަށުތެރޭގެ އަމާންކަމާ ރައްކާތެރިކަން ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު ބަންޑާރަ ކޮށީގައި އޮތް މިބައްދަލުވުމުގައި ޗީފް އޮފް ޑިފެންސްފޯސް ވަނީ ފުލުހުންނާ ސިފައިން ގުޅިގެން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެވެސް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްތައް ކުރިޔަށް ގެންދިއުމުގެ މުހިއްމުކަމާ ގުޅޭގޮތުންވެސް ކޮމިޝަނަރ އޮފް ޕޮލިސްއާއެކު މަޝްވަރާ ކުރައްވާފައިވާކަމަށެވެ.

މިބައްދަލުވުމުގައި ޗީފް އޮފް ޑިފެންސްފޯސް ވަނީ ފުލުހުންގެ އޮޕަރޭޝަންތަކަށް ބޭނުންވެގެން އެދިފައިވާ ހަތިޔާރު ހަމައަށް ފޯރުކޮށްދީފައިވާނެ ކަމަށް ވިދާޅުވެފައިވާކަމަށާއި އަދި މުޅި ޤައުމުގެ މަޞްލަޙަތާއި ޞުލްހަ މަސަލަސްކަން އެންމެ ފުރިހަމަ ގޮތުގައި ދަމަހައްޓައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވެން ހުރި ކޮންމެ މަސައްކަތެއްވެސް ކުރުންމަތީ ދެމި ތިބުމަށްވެސް މިބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް