ޗެމްޕިއަންސްލީގު: މޮނާކޯއިން އަރސެނަލް ސިއްސުވާލައިފި

ޔޫއެފާ ޗެމްޕިއަންސްލީގުގެ ނޮކްއައުޓް ސްޓޭޖުގެ ފުރަތަމަ ލެގުގައި މޮނާކޯއިން އަރސެނަލް ސިއްސުވާލައިފިއެވެ. އަރސެނަލްގެ ދަނޑުގައި ކުޅުނު މެޗު މޮނާކޯއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. 2010 ވަނަ އަ...

26 Feb 2015 | 07:01

ޔޫއެފާ ޗެމްޕިއަންސްލީގުގެ ނޮކްއައުޓް ސްޓޭޖުގެ ފުރަތަމަ ލެގުގައި މޮނާކޯއިން އަރސެނަލް ސިއްސުވާލައިފިއެވެ.

އަރސެނަލްގެ ދަނޑުގައި ކުޅުނު މެޗު މޮނާކޯއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

2010 ވަނަ އަހަރުފަހުން ފުރަތަމަ ފަހަރަށް ކުއާޓަރ ފައިނަލަށް ދަތުރުކުރުމަށް އަރސެނަލްއިން ކުރަމުންއައި އުންމީދު ފަނޑުވީ ކޮންޑޯބިއާގެ ގޯލުން މޮނާކޯ ލީޑު ނެގުމުންނެވެ. ފުރަތަމަ ހާފް 1-0 ގެ ނަތީޖާއަކުން މޮނާކޯއިން ކުރިގާއި އޮވެ ނިންމާލިއިރު، މެޗުގެ ދެވަނަ ހާފް ފެށިގެން މާގިނައިރެއްނުވެ ބާބަޓޯވްގެ ގޯލާއެކު މޮނާކޯއިންވަނީ ލީޑު ފުޅާކޮށްފައެވެ.

ގިނަ އެޓޭކިން ބަދަލުތަކަކާއެކު އަރސެނަލްއިން މެޗު އަނބުރާލަން މަސައްކަތްތަކެއް ކުރުމުގެ ނަތީޖާއަކަށްވީ މެޗުގެ 90 ވަނަ މިނެޓުގައި އޮކްލޭޑް ޗެމްބަރލިންގެ ގޯލާއެކު ދެވަނަ ލެގަށް އުންމީދު އާވުމެވެ. ނަމަވެސް ޗެމްބަރލޭންގެ ގޯލަށް މިނެޓެއް ނުވަނީސް ކަރަސްކޯގެ ގޯލާއެކު މޮނާކޯއިން "އަވޭ އެޑްވާންޓޭޖް" ބޮޑުކުރިއެވެ.

މެޗުގައި އަރސެނަލްކޮޅަށް ވަދެފައިވާ ތިން ގޯލައިންވެސް އަރސެނަލްގެ ޑިފެންސް ފޫއަޅައިގެން ގޮސްފައިވަނީ ވަރަށް ފަސޭހައިންނެވެ. އަރސެނަލްގެ ކޯޗު އަރސެން ވެންގަރ އެޓީމުގެ ޑިފެންސް ސިިފަކޮށްފައިވަނީ " ސުއިސައިޑަލް ޑިފެންސެއް" ގެ ގޮތުގައެވެ.

މި ދެޓީމް ބައްދަލުކުރާ ދެވަަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މާރިޗުމަހުގެ 17 ވަނަ ދުވަހު މޮނާކޯގެ ދަނޑުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް