ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފުނޑުފުނޑުކޮށްލާތަން ބަލަން ދިވެހިން ނުތިބޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ސައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ ރޭގެ ވަގުތެއްގައި ކުރި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި އިމްރާން ވިދާޅުވެފައިވަނީ އެއްވެސް ހައްގަކާނުލާ ގާސިމް އިބްރާހިމް ފުނޑުފުނޑު ކޮށްލާތަން ބަލަން ދިވެހި ރައްޔިތުން ނުތިބޭނެ ކަމަށެވެ.
https://twitter.com/ShImranAb/status/570683514041069570
އިމްރާން މިހެން ވިދާޅުވެފައިވާއިރު ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީ ގުޅިގެން ގާނޫނު އަސާސީގެ ދިފާއުގައި ސަރުކާރު "ސައިޒަށް" ކަނޑަން ނިކުންނައިރު މި ހަރަކާތްތަކުގައި އިލްމުވެރިން ބައިވެރި ނުވުމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ވަނީ ގޮވާލައްވާފަ އެވެ.
ނަމަވެސް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ހައްޔަރުކުރި ހިސާބުން ޓްވީޓް ކުރުމުގައި އިމްރާން ގެންގުޅުނު ރާގު މިހާރު ވަނީ ބަދަލުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް