ރޯދަ ބޯމަތީގައި އޮއްވާ ޕާކިސްތާނުގައި ދޯބުރާލި ހަކުރުގެ އަގު އާސުމާނަށް

ޕާކިސްތާނުގައި ދޯބުރާލި ހަކުރުގެ އަގު އިންތިހާއަށް އުފުލިއްޖެއެވެ. ޕާކިސްތާނުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާގޮތުގައި އެ ގައުމުގައި ދޯބުރާލި ހަކުރު ކިލޯއެއްގެ އަގު 18 ރުޕީސް )ދިވެހި ރުފިޔާއިން ބަލާނ...

26 Jan 2025 | 16:34

ޕާކިސްތާނުގައި ދޯބުރާލި ހަކުރުގެ އަގު އިންތިހާއަށް އުފުލިއްޖެއެވެ.

ޕާކިސްތާނުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާގޮތުގައި އެ ގައުމުގައި ދޯބުރާލި ހަކުރު ކިލޯއެއްގެ އަގު 18 ރުޕީސް )ދިވެހި ރުފިޔާއިން ބަލާނަމަ 1 ރުފިޔާ) އިން 150 ރުޕީސް (8 ރުފިޔާ 30 ލާރި) އަށް ވަނީ އަރާފައެވެ.

ދޯބުރާލި ހަކުރުގެ އަގު އާސުމާނާ ހަމައަށް އަރައިގެން މިދިޔައީ ޕާކިސްތާނުގައި ހަކުރު އުފައްދާ ފަރާތްތަކުން ގަސްތުގައި ހަކުރުގެ އަގު އިންތިހާއަށް އުފުލަމުންގެންދާތީކަމުގައި ތުހުމަތުކޮށްފައިވެއެވެ. އެ ފަރާތްތަކަކީ "ސުގަރ މާފިއާ"ގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

ދޯބުރާލި ހަކުރުގެ އަގު ޕާކިސްތާނުގައި އުފުލެމުންދާ ރޭޓަށް ބަލާއިރު ރޯދަމަހު ދޯބުރާލި ހަކުރު ކިލޯއެއް ގަންނަން ލިބޭ އަގު 170 ރުޕީސް (9 ރުފިޔާ 42 ލާރި) އަށް އެރުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް