ޣައްޒާ އެވަނީ ފަނާވެ ވީރާނާވެފައި ކަމަށާއި ޣައްޒާގެ ރައްޔިތުން މިސްރާއި އުރުދުން އަށް ގެންދެވޭތޯ މަސައްކަތް ފަށާފައިވާކަން އެމެރިކާގެ އާ ރައީސް ޑޮނާލްޑް ޓްރަމްޕް ހާމަކޮށްފިއެވެ.
އޭނާ މިކަން ހާމަކޮށްފައިވަނީ އެއާފޯސް ވަންގައި ހުންނަވައި ނޫސްވެރިންނަށް ދެއްވި މައުލޫމާތެއްގައެވެ.
ޓްރަމްޕް ބުނެފައިވަނީ އެކަމާ މިހާތަނަށް އުރުދުންގެ ރަސްގެފާނު ކިންގް އަބްދުﷲ ދެވަނަ އާއި އިއްޔެ މަޝްވަރާ ކުރެވިފައިވާކަމަށާއި މިސްރުގެ ރައީށް އަބްދުލް ފައްތާހް އަލް-ސީސީއާއި މިއަދު ވާހަކަ ދައްކާނެ ކަމަށެވެ.
ޓްރަމްޕް ބުނެފައިވަނީ ޣައްޒާގައި މިހާރު ދިރުމެއް ނެތްކަމަށާއި ޣައްޒާގެ ރައްޔިތުންނަށްވެސް ރަނގަޅުވާނީ ވަގުތީ ގޮތުން ނޫންނަމަ ދިގު މުއްދަތަކަށް މިސްރު ނޫނީ އުރުދުން އަށް ހިޖުރަ ކުރުން ކަމަށެވެ.
ޓްރަމްޕް މިހެން މިއަދު ބުނެފައިވާއިރު މިއީ ނުރައްކާތެރި ސިގްނަލެއް ކަމަށް މުރާސިލުން އަންނަނީ ބުނަމުންނެވެ. އެގޮތުން މިއީ ޣައްޒާ އެކުގައި އިސްރާއީލަށް ދިނުމަށް ޓްރަމްޕް ކެމްޕޭނެއް އިއުލާނުކުރުން ކަމުގައި ސިފަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް