71 ހާސް މީހުންގެ ވޯޓާ ބޭސް އަކާއެކު ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަން މަޖިލިސް ޕްރައިމަރީ ވޯޓުލުން މާދަމާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އެކުގައި އެކުލަވާލާފައިވާ ޕްރޮގްރެސިވް ކޮންގްރެސްގެ ޕްރައިމ...

26 Jan 2024 | 16:59

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އެކުގައި އެކުލަވާލާފައިވާ ޕްރޮގްރެސިވް ކޮންގްރެސްގެ ޕްރައިމަރީ ވޯޓުލުން މާދަމާ ހެނދުނު މުޅި ރާއްޖޭގައި ކުރިއަށްދާނެއެވެ.

އެ ކޯލީޝަނުން މިރޭ ބުނެފައިވާގޮތުގައި މި އިންތިޚާބުގައި ޖުމުލް 73 ދާއިރާއަކަށް ޖުމުލަ 283 ކެނޑިޑޭޓަކު ވާދަކުރެއެވެ.

ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 05:00 އަށް ކަމަށް ބުނެފައިވެއެވެ. އެ 73 ދާއިރާގެ ރަށްރަށުގައްޔާއި މާލޭގައި ވޯޓުލުން ކުރިއަށްދާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ ކޯލީޝަނުން ބުނެފައިވާގޮތުގައި މި ޕްރައިމަރީގައި 71597 މީހަކަށް ވޯޓުލެވޭނެއެވެ. މާލޭގައި ފޮށިތައް ބަހައްޓަނީ ހެންވޭރު ދަނޑުގައްޔާއި ކަލާފާނު ސްކޫލުގައެވެ. ވިލިމާލޭގައި ފޮށިތައް ބަހައްޓަނީ ވިލިމާލެ ޔޫތު ސެންޓަރުގައެވެ. ހުޅުމާލޭގައި ވޯޓު ފޮށި ބަހައްޓަނީ ކާމިލް ދީދީ ސްކޫލާއި ރެހެންދި ސްކޫލުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް