އިންޑިއާގެ ޑިޖިޓަލް ޕޭމަންޓް: 2023-24 ވަނަ އަހަރު ޔޫޕީއައިގެ މުއާމަލާތްތައް  އިތުރުވުން

ޑިޖިޓަލް ޕޭމަންޓް ދާއިރާގައި، ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ޒަރިއްޔާއިން އިންޑިޔާއިން ގެނުވި ބޮޑު ބަދަލެއް ވަނީ ފެނިގެންގޮސްފައިއެވެ. 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޔޫޕީއަ...

26 Jan 2024 | 04:25

ޑިޖިޓަލް ޕޭމަންޓް ދާއިރާގައި، ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ޒަރިއްޔާއިން އިންޑިޔާއިން ގެނުވި ބޮޑު ބަދަލެއް ވަނީ ފެނިގެންގޮސްފައިއެވެ. 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޔޫޕީއައިއިން 857 މިލިއަން މުއާމަލާތްކޮށްފައިވާއިރު، މިއިން 2022-23 ވަނަ އަހަރު އިންޑިއާގެ ޑިޖިޓަލް ޕޭމަންޓް ލޭންޑްސްކޭޕްގައި ޔޫޕީއައިގެ ދައުރު ބޮޑުކަން ދައްކުވައިދެއެވެ. ޔޫޕީއައިގެ މުއާމަލާތްތައް އިތުރުވުމުން ޑިޖިޓަލައިޒްޑް އިގްތިސާދަކަށް ގައުމު މިސްރާބު ޖަހިފައިވާ މިންވަރު ހާމަކޮށްދެއެވެ.

ޔޫޕީއައިގެ ކުރިއެރުން ބައްޓަންވެގެން ދިޔަގޮތަކީ ފާހަގަކޮށްލަން ވަރަށް މުހިންމު ކަމެކެވެ. 2017-18 ވަނަ އަހަރުގެ މާލީ އަހަރު (2017-18) ގައި އާދައިގެ ގޮތަކަށް ފެށުނު ޔޫޕީއައި ގެ މުއާމަލާތްތައް ހުރީ 9.2 މިލިއަންގައެވެ. މި ޢަދަދަކީ، އޭގެ ޒަމާނަށް ބަލާއިރު ފާހަގަކޮށްލެވޭ ޢަދަދަކެވެ. އަދި ޔޫ.ޕީ.އައި.ގެ ޤާބިލުކަން ދައްކުވައިދޭ މަންޒަރެކެވެ. މި ފަސް އަހަރުގެ ތެރޭގައި މި މުއާމަލާތްތައް އާދަޔާ ހިލާފަށް އިތުރުވެ، 2022-23 ވަނަ އަހަރުގެ ނިޔަލަށް 837.5 މިލިއަން މުއާމަލާތްކޮށްފައިވެއެވެ.

މި ހަލުވި ކުރިއެރުމަކީ ކޮމްޕައުންޑް އެނުއަލް ގްރޯތް ރޭޓް (ސީއޭޖީއާރު)ގެ 147 އިންސައްތަރަމްޒުކޮށްދޭ ރޭޓެކެވެ. އަދި މީގެން ދައްކުވައިދެނީ ކޮންސިއުމަރ ބިހޭވިއަރ އަދި ޓެކްނޮލޮޖީ އެޑޮޕްޝަންއަށް އަންނަމުންދާ ބަދަލެވެ.

މި ކުރިއެރުމުގައި ފާހަގަކޮށްލެވެނީ މުއާމަލާތްތަކުގެ ތަފާސްހިސާބުތަކުގެ އިތުރުން އެމުއާމަލާތްތަކުގެ މާލީ އަގު އަރަމުން އަންނަކަމެކެވެ. 2017-18 ވަނަ އަހަރު ޔޫޕީއައިގެ މުއާމަލާތްތަކުގެ ޖުމްލަ އަގަކީ 12 ބިލިއަން ޑޮލަރެވެ. ނަމަވެސް 2022-23 ވަނަ އަހަރާ ހަމައަށް އައިއިރު މި އަގު ވަނީ ހައިރާންކުރުވަނިވި 1671 ބިލިއަން ޑޮލަރަށް އަރާފައެވެ. މީގެ ސީއޭޖީއާރު ޓްރާންސެކްޝަން 168 އިންސައްތައިގައި ހުރުމުން ދޭހަކޮށްދެނީ ޔޫޕީއައި ބޭނުން ކޮށްފައިވަނީ ހަމައެކަނި ގިނަ އަދަދަކަށް އެކަންޏެއްނޫނެވެ. އަގު ބޮޑު މުއާމަލާތްތަކަށް ވެސްމެއެވެ.

މި ޑިޖިޓަލް އިންގިލާބުގެ ފަހަތުގައި ވަނީ އިންޑިއާ ސަރުކާރާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) ގުޅިގެން ކުރާ މަސައްކަތްތަކެވެ.

އޭގައި، ރު-ޕޭ ޑެބިޓް ކާޑާއި ބީއައިއެމް ޔޫޕީއައި ޓްރާންސެކްޝަންތަކަށް އިންސެންޓިވް ސްކީމްތަކާއި ޕޭމަންޓް އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުމަށް އެޑްވައިޒަރީތަކާއި ރޫރަލް އޭރިއާތަކުގައި ޑިޖިޓަލް ލިޓަރަސީ އިތުރުކުރުމަށް ޕްރަދާން މަންތުރީ ގްރާމިން ޑިޖިޓަލް ސަކްޝަރްތާ އަބިޔާން (ޕީއެމްޖީޑީއައިޝާ) އަދި ބޭންކުތަކަށް ޑިޖިޓަލް ޓްރާންސެކްޝަންތަކާއި މާޗަންޓް އެކުއިޒިޝަންގެ ލަނޑުދަނޑިތައް ކަނޑައެޅުން ހިމެނެއެވެ. އިލެކްޓްރޯނިކް ބޭންކިންގ އެވެއަރނަސް އެންޑް ޓްރެއިނިންގ (އީ-ބާތު)، ޑިޖިޓަލް ޕޭމަންޓްސް އެވެއަރނަސް ވީކް ފަދަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއެކު އާރްބީއައިއިން ވަނީ މި މަސައްކަތްތައް ފުރިހަމަކޮށްފައެވެ. އާރްބީއައިގެ މަލްޓިމީޑިއާ ކެމްޕެއިންތައް، ހާއްސަކޮށް "އާރްބީއައި ސޭސް" ނުވަތަ "އާރްބީއައި ކެހެތާ ހޭ" އަކީ ހޭލުންތެރިކަން އިތުރުކުރުމަށް މިހާރަށް ވުރެ ފުޅާ ވިސްނުމެއް ގެންގުޅޭ ކެމްޕެއިންތަކެކެވެ. އެކި މީޑިއާ ޗެނަލްތަކަށް ފެތުރިފައިވާ މި ކެމްޕެއިންތަކަކީ ރައްޔިތުންނަށް އަބަދުވެސް މައުލޫމާތަކުގެ އިތުބާރު ފޯރުކޮށްދޭ ކެމްޕެއިންތަކެކެވެ.  ޑިޖިޓަލް ޕޭމަންޓްތައް ކުރިއެރުވުމުގައި އާރްބީއައިއިން ގެންގުޅޭ ގިނަ ގުނަ ވިސްނުމަކީ މުއާމަލާތްތަކުގެ މިންވަރު އިތުރުކޮށް، އިންޑިއާގެ ކުރިއަރަމުން އަންނަ ޑިޖިޓަލް އިގްތިސާދުގައި ބައިވެރިވުމުގެ ޢިލްމާއި އިތުބާރު މުޖުތަމައުގެ ކޮންމެ ގިންތިއަކަށް ވެސް ހަމަހަމަގޮތެއްގައި ފޯރުކޮށްދިނުމެވެ. މި ދާއިރާގައި ފާހަގަކޮށްލެވޭ އިނޮވޭޝަނަކީ ރުޕޭ ކްރެޑިޓް ކާޑު ޔޫޕީއައިއާ ގުޅުވާލުމަށް އާރްބީއައިއިން ނިންމުމެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަތައް އިތުރުވެ، ކާޑު ނެތް މުއާމަލާތްތައް ކުރެވޭނެ މަގުފަހިވެ، ކިއުއާރު ކޯޑުތައް ހިމެނޭ ކުދި މާޗަންޓް އައުޓްލެޓްތަކުގައި ވެސް ކްރެޑިޓް ކާޑު ބޭނުންކުރުން ފުޅާވެގެންދިއުމެވެ.

އިންޑިޔާގެ ޑިޖިޓަލް އިންގިލާބު ގެނައުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުން، ޑިޖިޓަލް ޓެކްނޮލޮޖީގެ ޤާބިލުކަން ދަމަހައްޓައި ކުރިއެރުވުމަށް އެޤައުމުން ހޯދާފައިވާ ކުރިއެރުންތައް ވަރަށް ސާފުކޮށް ދައްކުވައިދެއެވެ. އެބޭފުޅާގެ ވާހަކަތަކާއި އިސްނެންގެވުންތައް ބިނާވެގެންވަނީ އިންޑިއާ އަކީ ޑިޖިޓަލްކޮށް ބާރުވެރި މުޖުތަމައަކަށް ހެދުމަށާއި ނޮލެޖް އިކޮނޮމީއަކަށް ހެދުމަށް ކުރާ މަސައްކަތެވެ.

2023 ވަނަ އަހަރު ބޭއްވި ބީ20 ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ ޑިޖިޓަލް އިންގިލާބުގައި ހާއްސަކޮށް އިންޑަސްޓްރީ 4.0 ގެ ޒަމާނުގައި އިންޑިއާ އަކީ މުހިންމު ކުޅުންތެރިއަކަށް ވެފައިވާ ކަމަށެވެ. ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގެ ޑިޖިޓަލް މައިދާނުގައި އިންޑިޔާގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ޔޫޕީއައިގެ މުއާމަލާތްތައް އެންމެ ފަސް އަހަރުގެ ތެރޭގައި 9.2 މިލިއަނުން 837.5 މިލިއަނަށް ހަލުވިކަމާއެކު އިތުރުވުމަކީ ހަމައެކަނި ތަފާސް އަދަދުން ހޯދުނު ކާމިޔާބީއެއް ނޫން ކަމަށާއި މިއީ އިންޑިއާގެ ކުރިއަރަމުން އަންނަ މާލީ މަންޒަރު ދައްކުވައިދޭ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

އާރްބީއައިގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ބޭންކް ނޫޓުތަކުގެ ދައުރުވުން 2021-22 ވަނަ އަހަރު 9.9 އިންސައްތައިން 2022-23 ވަނަ އަހަރު 7.8 އިންސައްތައަށް ދަށްވުމަކީ ނަގުދު ފައިސާއަށް ބަރޯސާވުން ކުޑަވެ، ޑިޖިޓަލް މުއާމަލާތްތަކަށް ޝައުގުވެރިކަން އިތުރުވަމުންދާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.

ޔޫޕީއައިގެ މުއާމަލާތްތައް ކުރިއަރަމުން ދިއުމަކީ އިންޑިއާގެ މާލީ ދާއިރާގައި ޓެކްނޮލޮޖީ ކާމިޔާބުކަމާއެކު އިންޓަގްރޭޓްކުރެވިފައިވާ މިންވަރު ދައްކުވައިދޭ ކަމެކެވެ. ޑިޖިޓަލް ލިޓަރެސީ އާއި އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗާއަށް ސަރުކާރާއި އާރްބީއައިއިން ދޭ އަހަންމިއްޔަތުތަކާއެކު، އިންޑިއާ އިން ދަނީ ކޭޝްލެސް، ޑިޖިޓަލް އިގްތިސާދަކަށް ހަލުވިކަމާއެކު ބަދަލުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް