މިއަދު ކަނޑުގަދަވާނެކަމަށް ލަފާކޮށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފިއެވެ.
އެގޮތުން މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް މެޓުން ނެރެފައިވާ މޫސުމީ ބުލެޓިންގައި ބުނެފައިވަނީ މިއަދު ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅު ނަމަވެސް ކަނޑުތައް ގަދަވާނެ ކަމަށެވެ.
"އިރު އުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ" މެޓުން ބުނެފައިވެއެވެ.
މިއަދު ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވާއިރު ރާޅުގެ އުސްމިން މިއަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް