ނިމިދިޔަ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު، އޭގެ ކުރީ އަހަރުގެ ޑިސެމްބަރާއި އަޅާ ބަލާއިރު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 9 އިންސައްތަ ދަށް ކަމުގައި ކަސްޓަމްސް އިން ބުނެފިއެވެ.
ކަސްޓަމްސް އިން މިކަން ފާހަގަކޮށްފައިވަނީ "ކަސްޓަމްސް ތަފާސް ހިސާޞު – ޑިސެމްބަރު 2023" ގައެވެ.
އެ ތަފާސް ހިސާބުގައި ކަސްޓަމްސް އިން ފާހަގަކޮށްފައިވާގޮތުގައި ފާއިތުވި ޑިސެމްބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2022 ވަނަ އަހަރުގެ ޑިސެމްބަރ މަހާ އަޅާބަލާއިރު 9 އިންސައްތަ ވަނީ ދަށްވެފައެވެ. 2022 ވަނަ އަހަރުގެ ޑިސެމްބަރ މަހު ދިވެހިރާއްޖެއަށް 5.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޑިސެމްބަރ މަހު މި ޢަދަދުވަނީ 5.1 ބިލިއަން ރުފިޔާ އަށް ދަށްވެފައެވެ.
މީގެއިތުރުން، ފާއިތުވި ޑިސެމްބަރ މަހު ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރ މަހާ އަޅާބަލާއިރު 9 އިންސައްތަ ވަނީ ދަށްވެފައެވެ. 2022 ވަނަ އަހަރުގެ ޑިސެމްބަރ މަހު 365 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޑިސެމްބަރ މަހު މި ޢަދަދުވަނީ 332 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ތަފާސް ހިސާބުގައި ފާހަގަކޮށްފައިވާގޮތުގައި ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، އޮމާން، ސިންގަޕޯރ، އިންޑިއާ އަދި ޔޫ.އޭ.އީ އެވެ. ޗައިނާ އިން 782 މިލިއަން މުދާ އެތެރެކޮށްފަވާއިރު، އޮމާން އިން 768 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި ސިންގަޕޯރ އިން 731 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން އިންޑިއާ އިން 683 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު، ޔޫ.އޭ.އީ އިން 591 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.
ވޭތުވެދިޔަ ޑިސެމްބަރ މަހު އަގުގެގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި އަދި އެކްސްޕޯޓްކުރި ޤައުމުތަކުގެ ލިސްޓްގެ އިތުރުން ޕްރޮސެސް ކުރެވުނު ޑިކްލަރޭޝަންގެ އަދަދާ ކްލިއަރަންސް ދެވުނު އުޅަނދުފަހަރުތަކުގެ ތަފާސް ހިސާބުގެ ތާވަލު:
ކަސްޓަމްސްގެ ތަފާސް ހިސާބުގައި ފާހަގަކޮށްފައިވާގޮތުގައި 2023 ވަނަ އަހަރުގެ ޑިސެމްބަރ މަހު ރޯޔަލްޓީގެ ގޮތުގައި ލިބިފައިވާ ލިބިފައިވަނީ 1,844,894.75 ރުފިޔާގެ އާމްދަނީއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް