އެނިމަލް ނެޓްފްލިކްސް އަށް ލައިފި

ނިމިދިޔަ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ރިލީޒް ކުރި ހިންދީ ފިލްމު "އެނިމަލް" އޯޓީޓީ ޕްލެޓްފޯމް ނެޓްފްލިކްސްއަށް ލައިފިއެވެ. ރަންބީރް ކަޕޫރް ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ އިތ...

26 Jan 2024 | 01:08

ނިމިދިޔަ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ރިލީޒް ކުރި ހިންދީ ފިލްމު "އެނިމަލް" އޯޓީޓީ ޕްލެޓްފޯމް ނެޓްފްލިކްސްއަށް ލައިފިއެވެ.

ރަންބީރް ކަޕޫރް ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ އިތުރު ރޯލްތަކުން އަނިލް ކަޕޫރް، ބޮބީ ޑިއޯލް އަދި ރަޝްމިކާ މަންޑަނާ ފެނިގެންދިޔަ، 2023 ވަނަ އަހަރުގެ އެންމެ ވަރުގަދަ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.

ބޮކްސް އޮފީހުގައި ގާތްގަނޑަކަށް ބިލިއަން އިންޑިއަން ރުޕީސްގެ ފައިދާއެއް ހޯދާފައިވާ މި ފިލްމު ނެޓްފްލިކްސް އަށް ލާފައިވަނީ މިއަދުގެ ތާރީހުގައެވެ.

ތިން ގަޑިއިރާއި 35 މިނެޓުގެ މި ފިލްމު، މި ހޮނިހިރު ދުވަހު އޮންނަ ފިލްމް ފެއަރ އެވޯޑްސްގައި 16 ކެޓަގަރީއެއްގައި ނޮމިނޭޓްކޮށްފައިވެއެވެ. އޭގެ ތެރޭގައި ބެސްޓް އެކްޓަރުގެ ރޯލަށް ރަންބީރު ކަޕޫރު، ބެސްޓް ސަޕޯޓިންގ އެކްޓަރުގެ ރޯލަށް އަނިލް ކަޕޫރު އަދި ބޮބީ ޑިއޯލް ހިމެނެއެވެ.

މި ފިލްމަކީ ދިވެހިންގެ ތެރޭގައިވެސް މަގްބޫލުކަން ބޮޑު ފިލްމެކެވެ. މި ފިލްމުގެ ލަވަތަކުގެ ތެރެއިން ބޮބީ ޑިއޯލްގެ އެންޓްރީ ލަވް "ޖަމަލު ކުދޫ" އަކީ ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި ބޮޑު މަގްބޫލުކަން ހޯދި ލަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް