ރާއްޖޭގެ ފަތުރުވެރިކަން އެންމެ މަތީ ފަންތިއަށް ގެންދިއުމަށް އިތުރު 100،000 އެނދު ރާއްޖެއަށް ބޭނުންވޭ: ޑރ. މައުސޫމް

ރާއްޖޭގެ ފަތުރުވެރިކަން އެންމެ މަތީ ފަންތިއަށް ގެންދިއުމަށް އިތުރު 100،000 އެނދު ރާއްޖެއަށް ބޭނުންވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ންގު ޓީވ...

26 Jan 2022 | 18:37

ރާއްޖޭގެ ފަތުރުވެރިކަން އެންމެ މަތީ ފަންތިއަށް ގެންދިއުމަށް އިތުރު 100،000 އެނދު ރާއްޖެއަށް ބޭނުންވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ންގު ޓީވީގެ "ފަސް މަންޒަރު" ޕްރޮގްރާމްގައި މިނިސްޓަރު މައުސޫމް މިރޭ ވާހަކަދައްކަވަމުންނެވެ.

ޓުރިޒަމް މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީކުރުމުގެ ގާބިލުކަމާއި ވިސްނުން ދިވެހިންގެ ކިބައިގައި ހުރި ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިން ވެގެންދާނީ ސިނާއަތުގެ ވެރިންނަށް ކަމަށާއި ދަށްފަންތީގެ ވަޒީފާތަކުގައި އޭރުން އުޅޭނީ ބިދޭސީން ކަމަށެވެ.

"އާ އަހަރާއެކު ތައާރަފުކުރި "ހޯމްސްޓޭ" ފަތުރުވެރިކަމާއެކު ރަށްރަށުގެ އާންމު ރައްޔިތުންނާ ހަމައަށް ފަތުރުވެރިކަން މިހާރު ވަނީ ގެންދެވިފަ. ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ކުރިއަރައިގެން ދިޔަ ގޮތަށް ހޯމްސްޓޭ ވެސް ކުރިއަރަން ދުވަސް ނަގާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އެކަމުގެ ސަބަބުން އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ގައުމަށް ބޮޑެތި މަންފާތަކެއް ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް