ދެކުނުގެ ރަށެއްގެ ނައިބުރައީސަކު ތިން އަހަރުވަންދެން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު !

ދެކުނުގެ ރަށެއްގެ ކައުންސިލުގެ ނައިބުރައީސް، އެ ރަށުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަން ފަށައިފިއެވެެ. މިކަމުގައި މިއަދު ޖެންޑާ މިނިސްޓްރީން ދުވަހަށް...

26 Jan 2022 | 17:57

ދެކުނުގެ ރަށެއްގެ ކައުންސިލުގެ ނައިބުރައީސް، އެ ރަށުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަން ފަށައިފިއެވެެ.

މިކަމުގައި މިއަދު ޖެންޑާ މިނިސްޓްރީން ދުވަހަށް މައުލޫމާތުދެމުން ބުނެފައިވަނީ މިއަދު މިފަދަ މައްސަލއެއް ހުށަހެޅުމާއި ގުޅިގެން މައްސަލައިގާ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ޖެންޑާ މިނިސްޓްރީއާއި ފުލުހުންނަށް މި މައްސަލަ ހުށަހެޅުނުތާ މިއަދަށް މިވީ ތިން ދުވަހެވެ. ޖެންޑާ އިން އެދިގެން އެ ރަށާއި އެންމެ ކައިރީގައި ޕޮލިސް ސްޓޭޝަނެއް ހުންނަ ރަށަކުން ޕޮލިހުން އެ ރަށަށް ގޮސް ތަހުގީގަށް މަސައްކަތްކޮށްފައިވެސް ވާކަން ދުވަހަށް މައުލޫމާތު ލިބިފައިވެއެވެ.

އެހެންނަމަވެސް އަދިވެސް މި މައްސަލައިގާ ފުލުހުން އަދި ޖެންޑާއިންވެސް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ކައުންސިލުގެ ނައިބު ރައީސް، އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާފުކޮށް ދޭހަވާފަދަ ބައެއް މެސެޖުތަކުގެ ސްކްރީންޝޮޓްތަކެއްވެސް ދުވަހަށް ލިބިފައިވެއެވެ.

ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތަކުން ބުނެފައިވަނީ ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކަމަށް ބެެލެވޭ އަންހެން ކުއްޖާ އެއްވެސް އެއްޗެއް ނުކައި، ހާލު ދެރަވެ ސިއްހީ އެހީތެރިކަންވެސް މިހާރު އެ އާއިލާއިން ހޯދާފައިވާކަމަށާއި ނަމަވެސް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ނައިބުރައީސް އަދިވެސް މަގާމުގައި، ރަށުގައި ކުރިއެކޭ އެއްފަދައިން އުޅެމުން އަންނައިރު މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމާބެހޭ ފަރާތްތަކުން ދެކޭ މަންޒަރު ނުފެންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް