ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްތަކުގެ ތެރެއިން ޤަވާއިދުން ނުނެރޭ 52 ނޫހެއް އުވާލާނެ ކަމަށް ހޯމްމިނިސްޓްރީން ބުނެފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ރަޖިސްޓްރީކޮށްފައިވާ ނޫސްތަކުގެ ތެރެއިން ޤަވާއިދުން ނުނެރޭ ނޫސްތަކުގެ ލިސްޓެއްޢާންމުކޮށް، ޤަވާއިދުން ނުނެރޭ ނޫސްތަކާއި މަޖައްލާތައް އުވާލާނެކަމަށް ބުނެފައެވެ.
މި ލިސްޓުގައި 52 ނޫހެއް ހިމެނޭއިރު އެ ނޫސްތަކާއި މަޖައްލާތައް އުވާލާނީ މިފެށޭ ފެބްރުއަރީ މަހުގެ 28 ވަަނަ ދުވަހުކަމަަށް އެ މިނިސްޓްރީން ބުނެއެވެ.
މިއީ ރަށްރަށުގައި ހިންގާ ކުދި ނޫސްތައް ކަމުގައި ނަމަވެސް ކުރިން ގަވައިދުން ނެރެފައި މިހާރު ހުއްޓާލާފައިވާ ނޫސްތަކެކެވެ.
ހޯމްމިނިސްޓްރީ އަކީ ރާއްޖޭގައި ހިންގާ ނޫސް މަޖައްލާތަކުގެ ހުއްދަ ދޫކުރުމުގެ ޤާނޫނީ ޒިންމާނަގާ ފަރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް