މިއަދު ޕޮޒިޓިވް އަދަދު 2800 އިން މައްޗަށް އަރައިފިއެވެ.
އެޗްޕީއޭ ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވެދިޔަ 24 ގަޑިއިރު 2813 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.
މިއާއެކު ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 122،777 އަށް އަރާފައިވާއިރު، މިއަދުގެ ޕޮޒިޓިވް އަދަދަކީ ވެސް ރެކޯޑު އަދަދެކެވެ.
އެޗްޕީއޭ ގެ ތަފާސް ހިސާބުން ދައްކާގޮތުގައި މާލެ ސަރަހައްދުން 1،274 މީހަކާއި އަތޮޅުތެރެއިން 974 މީހަކާއި ރިސޯޓުތަކުން 114 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވި އިރު، ބަލިން ފަސޭހަވީ މީހުންގެ އަދަދު 108،632 އަށް ވަނީ އަރާފައެވެ. 16،673 މީހަކަށް ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން އަންނަ އިރު، ހޮސްޕިޓަލުތަކުގައި 57 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އެބަދެއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 272 މީހަކު ވަނީ ނިޔާވެފައެވެ. އެއީ 254 ދިވެހީންނާއި 18 ބިދޭސީންނެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު މިފަހަކަށް އައިސް 2،000 އިން މަތީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް