ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ވ. އާރަށުގެ ޝަރީއަތް މާދަމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ވ. އާރަށުގެ ޝަރީއަތް މާދަމާއަށް ތާވަލު ކޮށްފިއެވެ. މި ޝަރީޢަތް ކްރިމިނަލް ކޯޓުގައި މާދަމާ އަށް ތާވަލު ކޮށްފައިވަނީ ހެނދުނު 9:30 އަށެވެ. މި ޝަރީޢަތު...

26 Jan 2022 | 16:23

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ވ. އާރަށުގެ ޝަރީއަތް މާދަމާއަށް ތާވަލު ކޮށްފިއެވެ.

މި ޝަރީޢަތް ކްރިމިނަލް ކޯޓުގައި މާދަމާ އަށް ތާވަލު ކޮށްފައިވަނީ ހެނދުނު 9:30 އަށެވެ.

މި ޝަރީޢަތުގައި އޮންނާނީ ވ. އާރަށުގެ މައްސަލައިގައި އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގެ ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީ ވުމެވެ.

އެ މައްސަލައިގާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސްގެ ހައިސިއްޔަތުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމުގެ ދައުވާއެވެ.

ރައީސް ޔާމީން ގެ އިތުރު މައްސަލައެއް ވެސް ކްރިމިނަލް ކޯޓުގައި މިހާރުވަނީ ފަށާފައެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް