ބޮލީވުޑްގެ ތަރިންކަމުގައިވާ އަރްޖުން ކަޕޫރު މަލައިކާ އަރޯރާ ރަށްޓެހިވީ ބަޮލީވުޑްގެ ސުޕަ ސްޓާރ ސަލްމާން ޚާން ގެ އަންހެންކޮއްކޮ އަރްޕިތާ ޚާން އާއި ރަށްޓެހިވެގެން އުޅުމަށްފަހުގައި ކަމަށް އިންޑިއާގެ މީޑިއާ ބުނެފިއެވެ.
މަލައިކާ އަކީ ސަލްމާންގެ ބޭބެ އަރްބާޒް ޚާންގެ ކުރީގެ އަންހެނުންނެވެ. އަރްޖުން ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ބުނީ އޭނާ މަލަައިކާއާއި ރަށްޓެހިވުމުގެ ކުރިން އަރްޕިތާ އާއެކު ލޯބީގެ ގޮތުން ގުޅިގެން 2 އަަހަރު ދުވަހު އުޅެފައިވާ ކަމަށެވެ. އަދި އޭނާ އާއި ރުޅިވެފައި ވަނީ އަރްޕިތާ ކަމުގައެވެ.
އަރްޕިތާ އަރްޖުން އާއި ވަކިވުމަށްފަހު 2014 ވަނަ އަހަރު ވަނީ އެކްޓަރު އާޔޫޝް ޝަރުމާ އާއި ކައިވެނިކޮށްފައެވެ. އަރްބާޒް އާއި މަލައިކާގެ 18 އަހަރުވީ ކައިވެނި ނިމުމަކަށް ގެނެސްފައިވަނީީ 2018 ވަނަ އަހަރުއެވެ.
އަރްޖުން އާއި މަލައިކާގެ ލޯބީގެ ގުޅުމަކީ ބޮލީވުޑް ސަޕޯޓަރުންގެ މެދުގައި ތާއީދު އޮންނަ ގުޅުމެއް ނޫނެވެ. އެއީ ދެމީހުންގެ އުމުރުގެ ތަފާތު ބޮޑުކަމުންނެވެ. އަރްޖުންއަށް 36 އަހަރެވެ. މަލައިކާގެ އުމުރުން މިހާރު 47 އަހަރުވެފައިވާއިރު ކުރީގެ ކައިވެންޏަށް ލިބިފައިވާ 18 އަހަރުގެ ފިރިހެން ދަރިއަކު ހުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް